ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ސައިކަލުތަކެއްގެ ވެރިފަރާތް ހޯދަނީ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 7 ސައިކަލެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އެބަދެއެވެ.

Ads by Sosun Fihaara

ފުލުހުން ވިދާޅުވި ގޮތުގައި މި ސައިކަލްތަކަކީ ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކެއްގައި އެފަރާތުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ސައިކަލް ތަކެކެވެ.

މި ސައިކަލުތަކުގެ ވެރިފަރާތްތައް ހޯދަމުންދަނީ ސައިކަލްތަކުގެ ވެރިފަރާތް އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ސައިކަލު ހަވާލު ކުރެވިފައި ނުވާތީއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ސައިކަލްތަކުގެ މައުލޫމާުތު ފުލުހުން ވަނީ އާންމުކޮށްފައެވެ.

  1.  AA0A P8407
  2.  AA0B P7850
  3.  AA0C P1620
  4. AA0G P8756
  5. AA0C P9088
  6. AA0C P7386
  7. AA0F P8972

މި ސައިކަލްތަކުގެ ވެރިފަރާތްތަކުން މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޕޮލިސް ޓޯވ ޔާޑަށް ހާޒިރުވެ ސައިކަލާ ހަވާލުވެ ލެއްވުމަށް ފުލުހުން އެދެއެވެ. އަދި ސައިކަލުގެ ވެރިފަރާތް ނޫން އެހެން ފަރާތަކުން ސައިކަލާ ހަވާލުވެލައްވާ ނަމަ، ސައިކަލުގެ ރަޖިސްޓްރީގެ ކޮޕީއަކާއި ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއްގެ އިތުރުން ސައިކަލު ހަވާލުވެލައްވާ ފަރާތެއްގެ ނަން ހިމަނާފައިވާ ސިޓީއެއް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމުން އެފަރާތާ ސައިކަލު ހަވާލު ކުރެވޭނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!