ޕޮލިސް ޓްރެއިނިން ގައި އުޅެނިކޮށް ހާލު ސީރިޔަސްވި މީހާ ނިޔާވެއްޖެ

ޕޮލިސް ޓްރެއިނިން ގައި އުޅެނިކޮށް ހާލު ސީރިޔަސްވެގެން ފަރުވާދެމުން ދިޔަ މީހާ ނިޔާވެއްޖެ އެވެ.
ފުލުހުންގެ ހިދުމަތުގެ 40 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގައި ތަމްރީނު ފުރިހަމަ ކުރަމުން ދިޔަ ޕޮލިސް ކޮންސްޓަބްލް ހުސައިން ގާއިސް (34އ) ހާލުދެރަވެ އައިޖީއެމް ހޮސްޕިޓަލް ގައި ފަރުވާދެމުން ދަނިކޮށް ނިޔަވީ މިއަދު ހަވީރު 4:40 ހާއިރު އެވެ.
އޭނާ ނިޔާވީ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށެވެ.
ދ. ވާނީގައި ޓްރެއިނިން ހަދަމުން ދިޔަ ގާއިސް އައިޖީއެމްއެޗަށް މިދިޔަ އާދިއްތަ ދުވަހު ގެންދިޔައީ ވޭކް-އަޕް ކޯލް ދިނުމަށް މުދައްރިބުން ދަރިވަރުންގެ ބެރެކްސްތަކަށް ވަދެ ދަރިވަރުން ހޭލައްވަމުން ދިޔައިރު އޭނާގެ ހަބަރެއް ނުވެ ހަރަކާތެއްވެސް ނެތުމުންނެވެ.

Ads by Allied Insurance