ޚަބަރު

ފެނަކައިންވެސް އޭޕްރީލްގެ ބިލުށް ޑިސްކައުންޓް

. ، ދެން އޮންލައިން
ފެނަކަ އޮފީސް ހިމެނޭ އިމާރާތް/ ފޮޓޯ: ދެން

އޭޕްރީލް މަހުގެ ކަރަންޓު ބިލަށް ޑިސްކައުންޓު ދީފައިވާނެ ކަމަށް ފެނަކައިން މިއަދު ބުނެފި އެވެ.

Ads by STELCO

ފެނަކަ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި އަހަރުގެ މާޗު މަހު (ރޯދަ މަސް) ކަރަންޓުބިލުގެ ޑިސްކައުންޓު ދީފައިވާ ފަދައިން އެޕްރީލް މަހުގެ ކަރަންޓުބިލަށްވެސް ޑިސްކައުންޓު ދީފައިވާނެ ކަމަށެވެ.

މާޗު (ރޯދަ މަސް) ދުވަސްތައް އޭޕްރީލްގެ މަހުގެ ބިލުތަކުންވެސް ޑިސްކައުންޓު ދެވިފައިވަނީ އޭޕްރީލް މަހަކީ ހޫނު ގަދަވުމުގެ ސަބަބުން އާއްމުކޮށް ކަރަންޓު ބިލުތައް ވަރަށް ބޮޑު މަހަކަށްވާތީ، ރައްޔިތުންނަށް އިތުރު ލުޔެއް އޭޕްރީލް މަހުވެސް ދިނުމަށެވެ.

''އޭޕްރީލް މަހުގެ ކަރަންޓުބިލު ކަސްޓަމަރުންނަށް ފޮނުވިއިރު، އެ ބިލުގައިވާ "ކަރަންޓު ބޭނުންކުރެވޭ ވަރު" އޭގެ ކުރީ މަހާ ތަފާތުވި ނަމަވެސް ބައެއް ބިލުތައް ބިލް އެމައުންޓް (ފައިސާގެ އަދަދު) މާޗު މަހުގެ (ރޯދަ) ގެ ބިލާއި ސީދާ އެއް އަދަދެއްގެ ގޮތުގައި އޮތީ ލުއި ދިނުމުން ކަމަށް'' ފެނަކައިން ބުންޏެވެ.