ޚަބަރު

މާލޭގައި ތޫނުއެއްޗަކުން ހަމަލާދިން މީހަކަށް ފަރުވާ ދެނީ

ދެން އެމްވީ ، ދެން އޮންލައިން

މާލޭގައި މިއަދު ހަވީރު ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި މީހަކަށް އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފިއެވެ.

Ads by MWSC

ފަރުވާ ދެމުން އަންނަނީ މިއަދު ހަވީރު 4:42 ހާއިރު ތޫނުއެއްޗަކުން ހަމަލާދިން 29 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާފަންނު، ހިލާލީ މަގުގައި ބަޔަކު ހަމަނުޖެހުމެއް ހިންގާ ކަމަށް ފުލުހުންގެ ސީސީޓީވީ ކެމެރާ އަކުން ފާހަގަ ކުރެވިގެން އެތަނަށް ފުލުހުން ދިޔައިރު، ތޫނުއެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލާފައިވާ ކަމަށެވެ.

އެމީހާގެ އަރިކަށްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!