ޚަބަރު

ތެރަޕީ ނަގަން ދިޔަ ކުއްޖަކަށް އަނިޔާކުރި މައްސަލާގައި ދެ ބީދޭސީއަކު ހައްޔަރުކޮށްފި

. ، ދެން އޮންލައިން
ފުލުހުންގެ ވެހިކަލްތަކެއް/ ފޮޓޯ: ދެން

ހުޅުމާލޭގައި ހުންނަ ޕިޒިއޯ ކްލިނިކަކަށް ތެރަޕީ ނަގަން ދިޔަ ކުއްޖަކަށް އަނިޔާކުރި މައްސަލާގައި ދެ ބީދޭސީއަކު ހައްޔަރުކޮށްފި އެވެ.

Ads by MPL

އެ މައްސަލަ އިއްޔެ ބަލަން ފަށާފައިވާކަން ހާމަކޮށްފައިވާއިރު މިޑީއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ވަނީ އެ މައްސަލާގައި ރޭ ހައްޔަރުކުރި ދެ މީހުންގެ ވަނަވަރު ހާމަކޮށްފަ އެވެ.

  1. ރާޖެޝްވަރީ ސިވަކުމާރު (24އ)
  2. އީޝާ އެންޓޮނެއްޓޭ (24އ)

ފުލުހުން ބުނީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފެންމަތިވުމާ އެކު އެެކަމުގެ ޒިންމާ ނަގައި އަނިޔާކުރި މުވައްޒަފާއި އެތަނުގައި އެ ވަގުތު ހުރި އެހެން މުވައްޒަފެއްވެސް މަގާމުން ވަކިކޮށްފައިވާ ކަމަށް ކްލިނިކުން ވަނީ އިއްޔެ ބުނެފަ އެވެ.

އަދި ވަގުތީ ގޮތުން ކްލިނިކު ބަންދުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

Ads by HDC