ޚަބަރު

ދެވަނަ އެއް ނެތް ފެންވަރުގެ ލޮލުގެ ސެންޓަރެއް ޗައިނާ އިން ހުޅުމާލޭގައި ގާއިމް ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އެފަދަ ދެވަނަ އެއް ނެތް ފެންވަރުގެ ލޮލުގެ ފަރުވާދޭ ސެންޓަރެއް ޗައިނާގެ ސަރުކާރުން ހުޅުމާލެ ހޮސްޕިޓަލްގައި ގާއިމް ކޮށްފިއެވެ.

Ads by STELCO

ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ޒާން ލިއޮން މިއަދު ވަނީ އެ ސެންޓަރުގެ އެންމެ އިސްކޮށް ހުންނަވާ ޑރ. ޗެން ވެއިރޮންގް އާ ބައްދަލު ކުރައްވާފައެވެ.

އެ ބައްދަލުވުމަށްފަހު ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މަހުގެ ތެރޭގައި އެ މަރުކަޒު ހުޅުވާނެ ކަމަށެވެ.

ސަފީރު ވިދާޅުވީ އެ މަރުކަޒަކީ ރާއްޖޭގައި އަދި އެފަދަ ދެވަނައެއް ނެތް މަރުކަޒަކަށް ވާނެ ކަމަށާއި އެތަނުން ލޮލުގެ ގިނަ ބަަލިތަކަކަށް ފަރުވާދޭނެ ކަމަށެވެ.

ލޯފުސްވުން، ގުލުކޯމާ، އޮސްކިއުލާ ސާފޭސް ޑިޒީޒް ފަދަ މައްސަލަތަކަށް އެ މަރުކަޒުން ފަރުވާ ކުރާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

ޗައިނާ ސަފީރު ވިދާޅުވީ ޑރ. ޗެން ވެއިރޮންގް އަކީ ފާއިތުވި 30 އަހަރު އެ ދާއިރާގައި މަސަައްކަތް ކުރައްވާފައިވާ ވަރަށް ތަޖުރިބާކާރު ޑޮކްޓަރެއް ކަމަށެވެ.

"އޭނާ ވަނީ ލޮލުގެ ފަރުވާ ކުރުމުގައި 30 އަހަރު ހޭދަކުރައްވާފައި އަދި ލޯ ފުސްވުމާއި ލޮލަށް ދިމާވާ އެހެންް މައްސަލަަތަކާ ގުޅޭ އޮޕަރޭޝަންތައް ހިމެނޭ ގޮތުން 100،000 އަށް ވުރެ ގިނަ އޮޕަރޭޝަން އޭނާ ވަނީ ކުރައްވާފައި،" ސަފީރު ވިދާޅުވިއެވެ.

މިއީ ރައީސް ޔާމީންގެ ސަރުކާރުގައި ޗާއިނާއާ ގާއިމް ކުރި ގުޅުމުގެ ސަބަބުން ރާއްޖެއަށް ލިބިގެންދިޔަ ހަދިޔާ އެކެވެ

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!