ވިޔަފާރި

އުރީދޫ އިންޓަ ކޮލެޖު އީސްޕޯޓްސް މުބާރަތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ރާއްޖޭގައި އީސްޕޯޓްސްގެ ކުރިއަރަމުން އަންނަ އެތުލީޓުންނަށް ޕްލެޓްފޯމެއް ގާއިމުކޮށްދީ، ބާރުވެރިކޮށް އާ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން އުރީދޫއިން ބާއްވާ އިންޓަ ކޮލެޖް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 އަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

Ads by MPL

މިއީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ގައުމީ ފެންވަރުގެ ކޮލެޖިއޭޓް އީސްޕޯޓްސް މުބާރާތެވެ.

މިމަހުގެ 29 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ތިން ބައެއް ހިމެނެ އެވެ. އޭގެ ތެރޭގައި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް، ޕަބްޖީ މޮބައިލް އަދި އީއޭއެފްސީ 25 ހިމެނެ އެވެ.

އޭގެ ތެރެއިމް ބޭންގް ބޭންގް އަދި ޕަބްޖީ މޮބައިލް ކުރިއަށް ގެންދާނީ އޮންލައިންކޮށެވެ.

އޭގެ ކޮންމެ ބަޔަަކަށް 10،000 ރުފިޔާގެ އިނާމު ޕޫލެއް ވަނީ ކަނޑައަޅާފައެވެ.

ގޭމް ޓައިޓަލްސް އަދި ބައިވެރި ވުމުގެ މައުލޫމާތު

މޯބައިލް ލެޖެންޑްސް: ބޭންގް ބޭންގް

މުބާރާތް ފެށުން: 29 މެއި 2025 (އޮންލައިން)

ޓީމް ކޮމްޕޮޒިޝަން: މަދުވެގެން 4 ކޮލެޖް ދަރިވަރުން

ރަޖިސްޓްރޭޝަން: : ore.do/inter-college-mlbb

ޕަބްޖީ މޮބައިލް

މުބާރާތް ފެށުން: 29 މެއި 2025 (އޮންލައިން)

ޓީމް ކޮމްޕޮޒިޝަން: މަދުވެގެން 3 ކޮލެޖް ދަރިވަރުން

ރަޖިސްޓްރޭޝަން: ore.do/inter-college-pubgm

އީއޭއެފްސީ 25

މުބާރާތް ފެށުން: މެއި 30، 2025 (ފިޒިކަލް އިވެންޓް)

ޓީމް ކޮމްޕޮޒިޝަން: ހަމައެކަނި ކޮލެޖް ދަރިވަރުން

ރަޖިސްޓްރޭޝަން: ore.do/inter-college-eafc

އެ މުބާރާތުގައި ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ އަންނަ އާދިއްތަ ދުވަހުގެ ރޭ 11:59އަކާ ހަަމައަށެވެ.

--

މި މުބާރާތް އުރީދޫ ނޭޝަންގެ ޔޫޓިއުބް ޗެނަލުން ލައިވްކޮށް، އެކަމުގެ ތަފްސީލާއި ޓީމް ސްޓޭންޑިންގް އުރީދޫ ނޭޝަންގެ ސޯޝަލް މީޑިއާ ޗެނަލްތަކުން ލިބިގެންދާނެއެވެ

Ads by HDC