ހަދަމުންދާ އިމާރާތެއްގެ ތެރެއިން 21 ފުޅި ބަނގުރާ ހޯދައިފި
ކ.މާފުށީގައި ހަދަމުންދާ އިމާރާތެއްގެ ތެރެއިން 21 ފުޅި ބަނގުރާ ހޯދައިފި އެވެ.
ފުލުހުން ބުނީ މި ތަކެތި ހޯދާފައިވަނީ މާފުށީގައި ބަނގުރާ ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މިއަދު މެންދުރު 14:25 ހާއިރު ކަމަށެވެ.
އެގޮތުން މާފުށީގައި ހަދަމުންދާ އިމާރާތެއްގެ ތެރެއިން ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 21 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
Ads by Allied Insurance