ސްޓެލްކޯ އާއި ވާޓްސިލާ ގުޅިގެން ކޮލިޓީ، ހެލްތު އެންޑް ސޭފްޓީ ސެޝަނެއް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި ވާޓްސިލާ ގުޅިގެން ކޮލިޓީ، އެންވަޔަރަންމަންޓަލް، ހެލްތު އެންޑް ސޭފްޓީ ސެޝަނެއް ބާއްވައިފި އެވެ.
ސެޝަނުގައި ވާޓްސިލާގެ ފަރާތުން ވަނީ ސްޓެލްކޯއަށް 75 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ހާއްސަ ހަނދާނީ ފިލައެއް ދީފަ އެވެ.
ދެ ކުންފުނީގެ ދެމެދުގައި އޮތް ގުޅުމަށް 10 އަހަރު ވެފައިވާތީ އެކަން ފާހަގަކޮށް ސްޓެލްކޯއިން ވަނީ ވާޓްސިލާއަށް ހަނދާނީ ފިލައެއް ދީފަ އެވެ.

ސްޓެލްކޯ އާއި ވާޓްސިލާ ގުޅިގެން ބޭއްވި ކޮލިޓީ، ހެލްތު އެންޑް ސޭފްޓީ ސެޝަނުގެ ތެރެއިން / ފޮޓޯ:ސްޓެލްކޯ
ސްޓެލްކޯގެ މައި އޮފީހުގައި ކުރިއަށް ގެންދިޔަ ސެޝަނުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އާއި ކުންފުނީގެ އިސްވެރިންނާ އަދި ވާޓްސިލާގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ އެކި ފެސިލިޓީތަކުގައި ވާޓްސިލާގެ 14 އިންޖީނު ބޭނުން ކުރަމުން އަންނަ ކަމަށެވެ. އެ އިންޖީނުތަކުން ޖުމްލަ 86 މެގަވޮޓުގެ ކެޕޭސިޓީ އުފައްދައިދޭކަން ވެސް ފާހަގަކުރި އެވެ.
