ޚަބަރު

ކޮވިޑް-19: ކުޅުދުއްފުށީ ބޯޓުން އިތުރު ކޭސްތަކެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހދ. ކުޅުދުއްފުށީ ބޯޓެއްގެ ކައްޕި އިއްޔެ ކޮވިޑަށް ފައްސި ވެފައިވާއިރު، އެބޯޓުން އިތުރު ދެމީހަކު ފައްސި ވެއްޖެއެވެ.

Ads by Sosun Fihaara

އޮންލައިން ނޫސް "ފެށުން" އިން ބުނެފައިވަނީ މިއަދު އެރަށުން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށައި އެދެމީހުންނަކީ ވެސް އިއްޔެ ފައްސިވީ ކައްޕިއާއި ގުޅުންހުރި ދެމީހުން ކަމަށެވެ. އަދި އެއީ އެބޯޓުގެ ދެ ފަޅުވެރިން ކަމުގައި ވެސް ބުނެފައިވެއެވެ.

އެނގިފައިވާ ގޮތުގައި ކައްޕި ފައްސިވުމާއި ގުޅިގެން 11 ސާމްލެއް ނަގާފައިވާއިރު އޭގެތެރެއިން ފައްސި ވެފައިވަނީ ދެ މީހެކެވެ. އެއީ އުމުރުން 23 އަހަރުގެ ފިރިހެނަކާއި 54 އަހަރުގެ ފިރިހެނެއް ކަމަށް ވެސް އެނޫހުގައި ބުނެފައިވެއެވެ.

މިމައުލޫމާތު ކަށަވަރު ކުރުމަށް ކުޅުދުއްފުށީ ކައުންސިލުގެ ނައިބު ރައީސް އަލީ ހާޝިމް އަށް ގުޅުމުން އޭނާ ވިދާޅުވީ އެމައުލޫމާތު ދެއްވާނީ އެރަށު ހޮސްޕިޓަލުން ކަމަށެވެ. "ދެން" ގެ ފަރާތުން އެހޮސްޕިޓަލުގެ މެނޭޖަރަށް ގުޅުމުން، ފޯނު ބިޒީ ކޮށްލާފައި އެދުނީ ޓެކްސްޓް ކުރުމަށެވެ. މެސެޖުގެ ޒަރީޢާއިން ސުވާލު ކުރުމުން އޭނާ ވިދާޅުވީ ކޮވިޑްގެ މައުލޫމާތު ދެއްވާނީ އެޗްއީއޯސީން ކަމަށެވެ. އެޗްއީއޯސީގެ ދެ އޮފިޝަލުން ފޯނަށް ޖަވާބު ނުދެެއްވުމުގެ ސަބަބުން ރަސްމީ އިދާރާއަކުން މި ކަމުގެ ރަސްމީ ބަހެއް ލިބޭނެ ގޮތެއް ނުވިއެވެ.

ނަމަވެސް ކުޅުދުއްފުށީ ކައުންސިލު ރައީސް ޢަބްދުއްލަތީފް ޙަސަން ވިދާޅުވީ، އެބޯޓުން އިތުރު ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާކަމުގެ މައުލޫމާތު ނުރަސްމީކޮށް އޭނާއަށް ވެސް ލިބިފައިވާ ކަމަށާއި ހޮސްޕިޓަލުގެ ބޭފުޅުންނާއި އަދި ނުގުޅޭ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!