ޚަބަރު

ކުރިމަގު ބައްޓަންކުރުމުގައި އަންހެނުންގެ ދައުރާއި އިސްނެގުމަކީ ބޭނުންތެރިކަމެއް: ރައީސް

. ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީހުގައި

ރާއްޖޭގެ ކުރިމަގު ބައްޓަންކުރުމުގައި އަންނަހެނުންގެ ދައުރާއި އިސްނެގުމަކީ ބޭނުންތެރިކަމެއްކަމަށާއި އަދި އެއީ ދައުލަތުން އިސްކަންދޭ ކަމެއްކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ރައީސް މި ފަދައިން ވިދާޅުވީ ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަކުރާ "އިންޓަނޭޝަނަލް ޑޭ އޮފް ވުމެން އިން ޑިޕްލޮމަސީ" ދުވަހާ ގުޅިގެން ފޮނުއްވި މެސެޖުގަ އެވެ.

އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިދުވަސް ރާއްޖޭގައި ފާހަގަކުރުމަކީ އެމަނިކުފާނު އުފާފުޅު ކުރައްވާ ކަމެއް ކަމަށެވެ. އަދި، އެކުވެރި ދައުލަތްތަކުން މިފަދަ ދުވަހެއް ފާހަގަކުރުމުގެ މަސައްކަތްފެށި އިރު، ރާއްޖެއަކީ މިކަަމަށް އެންމެ ބޮޑަށް ވަކާލާތުކުރި ގައުމުކަމަށްވެސް އެމަނިކުފާނުގެ ޕޯސްޓްގައި ވިދާޅުވި އެވެ. އަދި، ހާރިޖީ ސިޔާސަތު ބައްޓަންކޮށް، ތަންފީޒުކުރުމުގައި އަންހެނުންގެ ދައުރު އިތުރަށް ފާހަގަވާންޖެހޭ ކަމަށާއި، ޑިޕްލޮމަސީގައި މިންހަަމަވުމަށް ރާއްޖެއިން ވަކާލާތުކުރައްވާނޭކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އެފަދަ ދުވަހެއް ފާހަގަކުރުމަކީ ހާރިޖީ ގުޅުންތައް ފުޅާކުރުމުގައި އަންހެންކަނބަލުންގެ ދައުރު ފާހަގަކޮށް، މިފަދަ ދާއިރާތަކުގައި އަންހެންކަނބަލުންގެ ދައުރު އިތުރަށް ފުޅާކުރުމަށް ލިބިގެންދާ ހިތްވަރެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ރާއްޖެއިން މިންތީގެ ފަރަގު ނައްތާލުމަށް އަބަދުވެސް ވަކާލާތުކުރަމުން ގެންދާނޭކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިފަދަ ދުވަހެއް ފާހަގަކުރުމުގެ ސަބަބުން، މިންތީގެ ތަފާތުކުރުންތައް ނައްތާލުމަށް ކުރާ މަސައްކަތްތަކަށް ހިތްވަރުލިބި، އެފަދަ ކަންކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަސައްކަތް ފާހަގަކުރެވޭނެ ކަމަށެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ ބައިނަލްއަގްވާމީ ސަލާމަތާއި ތަރައްގީ، ކުރިމަގުގައި ބައްޓަންވެ، ތަރައްގީވަމުންދާނީ އަންހެންކަނބަލުންގެ ބައިވެރިވުމާއެކު، އެކަނބަލުންގެ އިސްނެގުމާއެކުކަމުގައި ކުރައްވާ އުންމީދު އައުކުރައްވަމުންނެވެ.

Ads by Allied Insurance