ޚަބަރު

ހުޅުމާލޭގައި 300 އެނދުގެ މެޑިކަލް ފެސިލިޓީއެއް!

ދެން އެމްވީ ، ދެން އޮންލައިން

ހުޅުމާލޭގައި 300 އެނދުގެ މެޑިކަލް ފެސިލިޓީއެއް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by Sosun Fihaara

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ "ހުޅުމާލެ މެޑިކަލް ފެސިލިޓީ" ގެ ނަމުގައި ތަރައްގީ ކުރާ އެ ފެސިލިޓީގައި އެޅުމަށް ހަމަޖެހިފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލް ކުރިމަތީ އޮންނަ ބިމުގައި ކަމަށެވެ.

މަބްރޫކް ވިދާޅުވީ މި ފެސިލިޓީގެ އުމްރާނީ މަސައްކަތަށް 12 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި އެތަނަށް ބޭނުންވާ މެޑިކަލް އިކުއިޕްމެންޓަށް 28 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ މި ފެސިލިޓީ އާއެކު ސާވިސް ބިލްޑިން އަކާއި އެކޮމޮޑޭޝަން ބްލޮކެއްވެސް ގާއިމް ކުރާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!