ވިޔަފާރި

"ކޮވިޑް-19 ވިޔަފާރި އެހީ" ގެ ނަމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނެއް

ދެން އެމްވީ ، ދެން އޮންލައިން

ސަރުކާރުގެ އިގްތިސާދީ ރިކަވަރީ ޕެކޭޖްގެ ދަށުން ކޮވިޑް-19 ވިޔަފާރި އެހީގެ ނަމުގައި އެސްޑީއެފްސީ އާއި ފިނޭންސް މިނިސްޓްރީ އާ ގުޅިގެން ލޯނެއް މިއަދު ތައާރަފްކޮށްފި އެވެ.

Ads by Sosun Fihaara

އެސްޑީއެފްސީން ބުނީ މި ލޯނަކީ މިހާރު ހިނގަމުންދާ ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ ހަރަދުތައް ހަމަޖައްސައި ދިނުމަށާއި އެވިޔަފާރިތައް ދެމެހެއްޓުމަށް އަމާޒުކޮށްގެން، ތައާރަފްކޮށްފައިވާ ލޯނެއް ކަމަށެވެ.

އެލޯނު ދޫކުރުމަށް ހަމަޖެހިފައި ވަނީ ހަ ޕަސަންޓް އިންޓްރެސްޓް ރޭޓްގައި ގިނަވެގެން ތިން އަހަރު ދުވަހުގެ ތެރޭގައި އަދާކުރާ ގޮތަށެވެ.

އެލޯނުގެ ޝަރުތުތަކުގެ ތެރޭގައި ވިޔަފާރީގެ ވޭތުވެދިޔަ އަހަރުގެ އާމްދަނީ 10 މިލިއަން ރުފިޔާއަށް ވުރެ ދަށްވުމާއި މިހާލަތާއި ގުޅިގެން އަދި ލޯނު އެހީދޭ މުއްދަތުގެ ތެރޭގައިވެސް އެވިޔަފާރީގެ އެއްވެސް ދިވެހި މުވައްޒަފެއް ވަކިނުކުރުން ހިމެނޭ ކަމަށް އެސްޑީއެފްސީން ވަނީ ބުނެފަ އެވެ.

އެސްޑީއެފްސީން ބުނީ އަލަށް ތައާރަފްކުރެވުނު މިލޯނުން ކޯވިޑް-19 އާ ގުޅިގެން މިހާރު ހިނގަމުންދާ އެންމެ ކުދި، ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތް ކުރާފަރާތްތަކަށް ދިމާވާ މާލީ ދަތިތަކަށް ލުޔެއް ލިބި، އެވިޔަފާރިތައް ދެމެހެއްޓުމަށް ސަރުކާރާއި ގުޅިގެން މިކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށެވެ.

އެލޯނަށް މިއަދުން ފެށިގެން އެލޯނަށް އެޕްލައިކުރެވޭނެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!