ދިވެއްސަކު ރަހީނުކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

މާލޭގެ ގެއެއްގައި ދިވެއްސަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މައްސަލަ ލިބުނީ ރިޕޯޓްކޮށްފައިވަނީ އިއްޔެ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގުކުރި މަސައްކަތުން އެ މީހާ ސަލާމަތްކޮށްފައިވާ ކަމަށެވެ. ރަހީނުކޮށްފައިވަނީ 44 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ މައްސަލާގައި ހައްޔަރުކުރީ އިބްރާހިމް ސައީދު (48އ)، ސުވާސާގެ، ސ. ފޭދޫ އެވެ.
ފުލުހުން ބުނީ ރަހީނުކުރި މީހާ އަށް އަނިޔާ ކޮށްފައިވާ މީހާ އަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.

Ads by Ooredoo