ޔޫކޭގައި އުޅޭ ދެ ދިވެއްސަކު ކޮވިޑް-19 އަށް ފައްސި ވެއްޖެ
އިނގިރޭސި ވިލާތުގައި ދިރިއުޅޭ ދެ ދިވެއްސަކު އަނެއްކާވެސް ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
"މިހާރު" ނޫހުގައި ބުނެފައި ވަނީ ފައްސިވި ދެ ދިވެހިންނަށް ޓެސްޓުގެ ނަތީޖާ ލިބުނީ އިއްޔެ ކަމަށް، މައުލޫމާތު އެނގޭ މީހަކު އެ ނޫހަށް ޔަގީންކޮށްދީފައިވާ ކަމަށެވެ. ނަމަވެސް އެ މީހާ އިތުރު މައުލޫމާތެއް ދީފައި ނުވާ ކަމަށް އެ ނޫހުގައި ވެއެވެ.
އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހި ދެމަފިރިއަކު މީގެ ކުރިން ވަނީ ކޮވިޑް-19 އަށް ފައްސިވެފައިވެ އެވެ. އެއީ ޑޮކްޓަަރަކާއި އޭނާގެ އަންހެނުންނެވެ.
Ads by Allied Insurance