ޚަބަރު

ޑރ. މުރާދުގެ އިލްތިމާސް: ކޮވިޑް-19 އަށް ޝައްކުވާ މީހުން ތަފާތުކޮށް، ބާކީ ނުކުރޭ!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އަށް ޝައްކުވާ މީހުންނާ މެދު ތަފާތު ކުރުން ގެންގުޅޭ ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް ޑޮކްޓަރު ޑރ. މޫސާ މުރާދު އިލްތިމާސް ކުރައްވައިފިއެވެ.

Ads by Sosun Fihaara

ކޮވިޑް-19އާ ބެހޭ މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މުރާދު ވިދާޅުވީ ކޮވިޑް-19 އަކީ މުޅިން އާ ބައްޔަކަށްވީ އިރު، ހުރިހާ އެންމެން ވެސް މި ބަލީގެ ހަބަރުތަކާއި ވާހަކަތައް ކިއާފައި ތިބީ ބިރުގެންފައި ކަމަށެވެ. އަދި މި ބިރުގެ ތެރެއިން ބައެއް ކަހަލަ ނޭދެވޭ ކަންކަން ނުކުންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ވިދާޅުވީ ބައްޔަށް ޝައްކު ކުރެވޭމީހުން ކޮންމެވެސް ވަރަށް ބާކީކޮށް، އެމީހުންނާމެދު ތަފާތުކުރުންތައް ގެންގުޅެމުން އަންނަކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތަށް ކަންތައްތައްވުމަކީ މީހުންނަށް ނަފްސާނީ ގެއްލުންތައް ލިބި، އިތުރު މައްސަލަތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް އާއިލާގެ ތެރެއިންވެސް، ބައްޔަށް ޝައްކު ކުރެވިގެން ޓެސްޓު ހަދައިިފިއްޔާ، އެ ވަރަށް ބިރުވެރިކަމެއްގެ ގޮތުގައި ނޫނީ އެމީހަކު އެއްގޮތަކަށްވެސް ގެޔަށް ވައްދަން އުޒުރުވެރިވާ ހިސާބަށް ބައެއް ފަހަރު ކަންތައް ގޮސްފައިހުރިކަމަށް އެބަ މައުލޫމާތު ލިބޭ،" ޑރ. މުރާދު ވިދާޅުވިއެވެ.

ޑރ. މުރާދު ވިދާޅުވީ ކޮވިޑް-19ގެ ކަންކަމުގައި އުޅޭ ސިއްހީ ހިދުމަތްތެރިންނަށް ވެސް އެފަދަ މައްސަލަތަކާ ކުރިމަތިވާ ކަމަށާއި މަސައްކަތުގައި އުޅެފައި އަންނަ މީހުން ގެއަށް ނުވެއްދުން ފަދަ ކަންތައްތައް އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ހިނގާ ކަމަށެވެ.

"ނަފްސާނީގޮތުން ގެއްލުންވާނެހެން އަމަލުތައް ބަހައްޓާނަމަ އެއީ ބައްޔަށް ފަރުވާދޭއިރުވެސް އިތުރު މައްސަލަތައް ކުރިމަތިވާނެ ކަމެއް،" ޑރ. ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ޝައްކުވެގެން ޓެސްޓް ކުރާ މީހުން ބާކީކޮށް ތަފާތު ކުރަމުންދާތީ އެފަދަ ކަންކަން ނުކުރުމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންް ސެންޓަރު (އެންއިއޯސީ) އިން ދިވެހި ހުރިހާ ރައްޔިތުންނަށް ރޭ އިލްތިމާސްކޮށްފިއެވެ.

ADS BY REDWAVE

އެންއައިއޯސީން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ ކޮވިޑް-19 އަކީ މުޅިން އާ ބައްޔަކަށްވީ އިރު، ހުރިހާ އެންމެން ވެސް މި ބަލީގެ ހަބަރުތަކާއި ވާހަކަތައް ކިއާފައި ތިބީ ބިރުގެންފައި ކަމަށެވެ. އަދި މި ބިރުގެ ތެރެއިން ބައެއް ކަހަލަ ނޭދެވޭ ކަންކަން ނުކުންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ބައްޔަށް ޝައްކު ކުރެވޭ މީހުން ކޮންމެވެސް ވަރަކަށް ބާކީކޮށް، ތަފާތު ކުރަމުންދާ ކަމަށް ވެސް މުރާދު ވިދާޅުވިއެވެ. އެގޮތަށް ކަންތައްތައްވުމަކީ މީހުންނަށް ނަފްސާނީ ގެއްލުންތައް ލިބި، އިތުރު މައްސަލަތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް އާއިލާގެ ތެރޭގައި ބައްޔަށް ޝައްކު ކުރެވިގެން ޓެސްޓެއް ހަދައިފި ނަމަ، އެ ދެން ވަރަށް ބިރުވެރިކަމެއްގެ ގޮތުގައި ނުވަތަ ބައެއް ފަހަރު ގެއަށް ވައްދަން އުޒުރުވެރިވާ ހިސާބަށް ބައެއް ފަހަރު ކަންތައްތައް ގޮސްފައި ހުރި ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު އެބަ ލިބޭ،" މުރާދު ވިދާޅުވިއެވެ.

ބައެއް ފަހަރު ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓްކުރާ މީހުންގެ އިތުރުން ފަރުވާ ދިނުމުގައި އުޅޭ ސިއްހީ ހިދުމަތްތެރިންނަށް ވެސް އެފަދަ މައްސަލަތަކާ ކުރިމަތިވާ ކަމަށެވެ. ކޮވިޑްގެ ބަލި މީހުންނަށް އަޅައިލުމުގެ މަސައްކަތުގައި އުޅެފައި އަންނަ މީހުން ގެއަށް ނުވެއްދުން ފަދަ ކަންތައްތައް އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ހިނގާ ކަމަށް މުރާދު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިކަހަލަ ކަންކަން ދިމާވަނީ މި ބައްޔަކީ ފަރުވާއެއް ނެތް ބައްޔަކަށްވީމައެވެ.

"މިކަހަލަ މައްސަލަތައް މި ދިމާވަނީ، އަޅުގަނޑުމެން ވެސް ގަބޫލު ކުރަން މި ބައްޔަކީ އާ ބައްޔަކަށްވެފައި މި ބައްޔަށް ފަރުވާއެއް ނެތިފައި، ބަލި ފެތުރޭލެއް ބާރުވެފައި، ނުރައްކާތެރި ބައްޔަކަށްވާތީ ކަން. ނަމަވެސް އެކަންކަމުގެ ތެރެއިން ވެސް އެބަޖެހޭ އެންމެން އެކުގައި މިކަމުގައި ކުރިމަތިލާން،" މުރާދު ވިދާޅުވިއެވެ.

މުރާދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން މި ބައްޔާ ގުޅޭ ރަނގަޅު މައުލޫމާތު ހޯދާ މި މައްސަލަތައް މަދުކުރުމަށް އެންމެން ވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!