ޚަބަރު

އިމިގްރޭޝަން ސިސްޓަމަށް ލޮގިން ވާ ޕާސްވޯޑް ބައެއް ބަންގްލަދޭސް މީހުންގެ އަތުގައި އޮވޭ: މޫސަ

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއަށް ބިދޭސީން އެެތެރެވުމަށް ބޭނުންކުރާ އިމިގްރޭޝަން ސިސްޓަމަށް ލޮގިން ވާ ޕާސްވޯޑް ބައެއް ބަންގްލަދޭޝް މީހުންގެ އަތުގައި އޮންނަ ކަމަށް ކުރީގެ ހުޅު ހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ތުހުމަތު ކުރައްވައިފިއެވެ.

Ads by Sosun Fihaara

މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިމިގްރޭޝަން ސިސްޓަމް އަށް ލޮގިން ވާ ޕާސްވޯޑް 60 މީހެއްގެ އަތުގަ އޮންނަ ކަމަށާއި އެމީހުންގެ ތެރޭގަައި ބަންގްލަދޭސް މީހުންވެސް ހިމެނޭ ކަމަށެވެ.

"އެހެންކަމަށްވާނަމަ އެކަން ކުރިބަޔަކާ މެދު ފިޔަވަޅުއަޅަންޖެހޭ." މޫސަ ވިދާޅުވިއެވެ.

މޫސަ މީގެ ކުރިން ވިދާޅުވެފައި ވަނީ މާލޭގައި ދިރިއުޅޭ ދިވެހިންގެ އާބާދީއަށްވުރެ ބިދޭސީންގެ އަދަދު ގިނަކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ވެރިންނަށް އެގެން އެބަޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ނޭނގޭނަމަ މެޑިކަލް އެމަޖެންސީއަކަށް ތައްޔާރު ވާނެ ކިހިނެތްތޯ މޫސަ ވަނީ ސުވާލު އުފައްދަވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!