ވިޔަފާރި

އެސްޓީއޯއިން އަލަށް ގެނައި ފިޔާ ބިސް އަލުވީގެ ސްޓޮކް ވިއްކަން ފަށައިފި

ދެން އެމްވީ ، ދެން އޮންލައިން

އެސްޓީއޯއިން އަލަށް ގެނައި ފިޔާ ބިސް އަދި އަލުވީގެ ސްޓޮކް ވިއްކަން ފަށައިފިއެވެ.

Ads by MWSC

އެސްޓީއޯއިން ބުނެފައިވަނީ މި ސްޓޮކް ގަނޑުކޮށް އަދި ވަކިންވެސް ގަންނަން ލިބޭނެކަމަށެވެ. އެގޮތުން އެސްޓީއޯ ސުޕަމަރކެޓް މެދުވެރިކޮށް ވަކިން ކީލޯ ގަންނަން ލިބޭއިރު، ގަނޑުކޮށް ގަންނަ މީހުންނަށް ވިއްކާނީ އިންޑަސްޓްރިއަލް ވިލެޖްގައި ހުންނަ އެސްޓީއޯގެ ގުދަނުންކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ.

އަލަށް ގެނައި ފިޔާ ބިސް އަދި އަލުވީގެ އަގުތައް އުޅެނީ ފިޔާ ކިލޯއެއް 15ރ. އަށް، އަލުވި ކިލޯއެއް 12ރ. އަށް އަދި ބިހެއް 1.50ރ. އަށެވެ. އެއީ ފިޔާ ބަސްތާއެއް 325ރ. އަށް އަލުވި ބަސްތާއެއް 250ރ. އަށް އަދި ބިސް ކޭހެއް 290ރ. ގެ ރޭޓުންނެވެ. އަދި ގަނޑުކޮށް ގަންނަ ނަމަ ފިޔާ ބަސްތާއެއް އުޅެނީ 325 ރުފިޔާއަށެވެ. އަލުވި ބަސްތާއެއް ވިއްކަނީ 250 ރުފިޔާއަށެވެ. އަދި ބިސް ކޭހެއް ވިއްކަނީ 290 ރުފިޔާއަށް ކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ.

ފިޔާ ބިސް އަލުވި ގަނޑުކޮށް ވިއްކުމަށް އިންޑަސްޓްރިއަލް ވިލެޖުގައި ޤާއިމުކޮށްފައިވާ އެސްޓީއޯގެ ގުދަން ހުޅުވާފައި ހުންނާނީ ކޮންމެ ހޮނިހިރު ދުވަހަކުން ބުރާސްފަތި ދުވަހަށް ހެނދުނު 09:00 އިން މެންދުރު 12:00 އަށެވެ. އަދި މެންދުރު 13:00 އިން މެދުރު ފަހު 15:15 އަށެވެ.
އެސްޓީއޯގެ އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުގައި ހުންނަ ގުދަން ހުކުރު ދުވަހު ބަންދުވާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!