ޚަބަރު

ފޭރެނު ބަޔަކާ ފުލުހުންނާ ކުރިމަތިލުމެއް

. ، ދެން އޮންލައިން

ފޭރެން އުޅުނު ބަޔަކު ހުއްޓުވަން އުޅުމުން ފުލުހުންނަށް ހަމަލާދީފި އެވެ.

Ads by MPL

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ހެންވޭރު ލޮނުޒިޔާރަތް މަގުގައި މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި، ތަނަކަށް ވައްދައި އެކައުންޓުގައި ހުރި ފައިސާ (200ރ) ޓްރާންފްސާ ކުރުވި މައްސަލާގައި ރޭ 11:57 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ ރިޕޯޓާ ގުޅިގެން ފުލުހުން އެޓެންޑުވި އިރު، ފޭރުނު ކަމަށް ތުހުމަތު ކުރެވޭ މީހުން އެ ސަރަހައްދުގެ ގެއެއްގައި ތިބިކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެގެއަށް ފުލުހުން ވަންނަން އުޅުމުން ފުލުހުންނާ ކުރިމތިލާ މާރާމާރީ ހިންގާފައިވާ ކަމަށެވެ.

އެހެންކަމުން ބާރުގެ ބޭނުންކޮށް، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ، ފަރީސާ މަންޒިލް، ހަސަން ލޫޖައިން މުހައްމަދު (23އ) އާއި މާލެ، ހ. ކަނޑުފިނީގެ، މުހައްމަދު ޝަފީއު (55އ) އެވެ.

އެ މީހުން ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ދެ މީހުންނަށް އަނިޔާވި ކަމަށާއި، އަދި ފުލުހަކަށްވެސް އެކިވަރުގެ އަނިޔާވި ކަމަށާއި އެ ފުލުސް އޮފިސަރަށް ފަރުވާދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރުކުރި ދެ މީހުން ބަންދަށް ކޯޓުން 5 ދުވަސް ދީފައިވާއިރު ފޭރުނު މައްސަލައާ ފުލުހުންނަށް ހަމަލާދީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

Ads by Ooredoo