ޚަބަރު

ހޯމް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް އީސީގެ ކުރީގެ އެސްޖީ ސޮލާހު

ދެން އެމްވީ ، ދެން އޮންލައިން

މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ޕާމަނަންޓް ސެކެޓްރީގެ މަޤާމަށް އަބްދުއްރަޙްމާން ޞަލާޙު ރަޝީދު އައްޔަންކުރައްވައިފިއެވެ.

Ads by STELCO

ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަޤާމަށް އައްޔަންކުރެއްވި އަބްދުއްރަޙްމާންއަށް މަޤާމުގެ ލިޔުން ޙަވާލުކުރުން އޮތީ ހޯމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މަޤާމުގެ ލިޔުން އޭނާއާ ޙަވާލުކޮށްދެއްވީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އަލީ ޝަމީމްއެވެ. މިރަސްމިއްޔާތުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲވެސް ބައިވެރިވެވަޑައިގަތެވެ.

ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމުގައި ކުރިން ހުންނެވި އަލީ ހަމީދު ވަނީ މިދިޔަ އޮކްޓޫބަރުމަހު އެމަޤާމުން ސަސްޕެންޑްކޮށްފައެވެ. އޭނާއަކީ އެމަޤާމަށް 2015 ވަނަ އަހަރު އައްޔަންކުރި ބޭފުޅެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!