ޚަބަރު

ބަނގުރާ ފުޅި އަޅާފައި ހުރި ދަބަހެއް ހުޅުމާލެއިން ހޯދައިފި

. ، ދެން އޮންލައިން

ހުޅުމާލެ ފޭސް 1 އިން ބަނގުރާފުޅިތަކެއް ފުލުހުންގެ ބެލުމުގެދަށަށް ގެެނެސްފި އެވެ.

ފުލުހުން ބުނީ އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޖުލައި މަހުގެ 19 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ފެނުނު ދަބަސްތަކެއް ބަލައިފާސްކޮށްފައެވެ.

ރަށު މާރުކޭޓާދިމާ ތޮށިގަނޑުމަތީގައި ހުރި އެ ދަބަސްތަކުގެ ވެރިއަކު ނުވުމުން ދަބަސްތައް ބަލައިފާސްކުރިއިރު 36 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!