ޚަބަރު

12 އަހަރުގެ ކުއްޖާއާ ބެހުނު މިހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޖިންސީ ގޯނާ އާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން / ސަން ފޮޓޯ:ފަޔާޒު މޫސާ

އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި  މިހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ

ގއ.ގދ.ސ. އަދި ފުވައްމަލަށް ހިމެނޭ ސަރަހައްދުގައި ހިނގި އެ ހާދިސާ ގުޅިގެން ފުލުހުން މިއަދު ހައްޔަރުކުރީ 48 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ްައަދި އޭނާގެ ބަންދަ ގުޅޭ ގޮތުން ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލައަކަށް އަކަށްވާތީ އެ ހާދިސަ ހިނގި ސަރަހައްދެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

Ads by Ooredoo