އުުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ
އުުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހު އުތުުރުގެ ރަށަކުން 37 އަހަރުގެ ދިވެހި ފިރިހެނެއް 18 އަހަރު ނުފުރޭ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުުރިކަމުގެ މައްސަލައެއް ހުށަހެޅި ކަމަށެެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ބަލަންޖެހޭ ކަންތައްތަކެއް މިހާރު ބަލަމުންދާ ކަމަށާއި ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށެވެ.
ދާދި ފަހުން މާލެ ދަތުރުކުރަމުންދިޔަ ބޯޓެއްގެ ތެރޭގައި 18 އަހަރު ނުފުރޭ ކުޑަ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. އެ މައްސަލަވެސް ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.
Ads by Allied Insurance