ޚަބަރު

ހާލަތު ރަނގަޅުކަމަކަށް އަދި ނުނިންމޭނެ، ކަންފަސޭހަކޮށް ނުލައްވާ: އަމީން

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ހާލަތު ރަނގަޅުކަމަށް އަދި ނުނިންމޭނެ ކަމަށާއި އެހެންކަމުން އެއްވެސް ގޮތަކަށް ކަން ފަސޭހަކޮށް ނުލުމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އިލްތިމާސް ކުރައްވައިފިއެވެ.

Ads by Sosun Fihaara

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ރާއްޖެއަށް ފަތުރުވެރިން އައުން މަޑުޖައްސާލައި ރާއްޖޭގެ އެތެރޭގެ ބައެއް ކަންކަމަށް ބަދަލު ގެނެސްފައިވުމުގެ ނަތީޖާއަކީ މިބަލި ރާއްޖޭގައި ފަތުރިގެންދާނެކަމަށް ކުރިން ލަފާކުރި މިންވަރަށްވުރެ އެނުރައްކާތެރި ޙާލަތު އައުން ލަސްވުކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާތަނަށް ރާއްޖެއިން ފެނިފައިވާ ބަލީގެ ކޭސްތަކަކީ ރިސޯޓުތަކުންނާއި ރައްޖެއިން ބޭރުން އައި މީހުންގެ ފަރާތުން ފެނުނު ކޭސްތަކެއްކަން ކަމަށާއި އެހެންކަމުން މުޖުތަމަޢުގެ ތެރެއަށް ބަލި ފެތުރިގެން ދިޔަކަމުގެ ސާބިތު އެއްވެސް ހެއްކެއް މިހާތަނަށް ފެންނަން ނެތްކަމަށެވެ.

"އެހެން ނަމަވެސް އަދިވެސް ރާއްޖޭގައި މި ބަލި ނެތޭ ބުނަން އުނދަގޫ. ނަމަވެސް ގިނަފަހަރު ވާގޮތަކީ ނުރަނގަޅު ޚަބަރެއް ނުރަނގަޅު ކަމެއް ބައްދަލުނުކުރާނަމަ ނުވަތަ އޭގެ ކުރިން އަޅުގަނޑުމެންނަށް ކަންފަސޭހަ ކުރެވިގެންދަނީ." އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ބައެއް ޤައުމުތަކުގައި ކޮވިޑަށް ފައްސިވާ މީހުން ނިސްބަތުން މަދުވެފައި އަނެއްކާ ފައްސި ކޭސްތައް އިތުރުވާން ފަށާފައި އެބަހުރި ކަމަށާއި އެހެންކަމުން ރާއްޖޭގައި އަދިވެސް މިބަލި ފެތުރިދާނެކަމަށް ވިސްނައި ސަމާލުވެ ތިބުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ.

ރައްޔިތުން ގޭގައި މަޑުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ސަރުކާރާއި ސްކޫލްތަކާއި އޮފީސްތަކާއި ކެފޭ، ރެސްޓޯރަންޓްތައް ބަންދުކޮށް ޢާންމުނަށް ބައެއް ޚިދުމަތްތައްދިނުން މަޑުޖައްސާލާފައިވަނީ ގޭގައި ރައްޔިތުން ބޭތިއްބުމަށްކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!