ދުނިޔެ

މުސްލިމް ދައުލަތެއް ކަމަށްވާ އާޒަރްބައިޖާންގެ ފޭރިގެންފައިވާ ބިން ޔަހޫދީ އާމީނިއާގެ އަތުން ހޯދުމަށް ހަނގުރާމައަކަށް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ޔަހޫދީންގެ ބޮޑު އާބާދީއެއް އޮންނަ އާމީނިއާއިން، މުސްލިމް ދަޢުލަތެއް ކަމަށްވާ އާޒަރްބައިޖާނުން ފޭރިގެންފައިވާ ނަގޯނޯ ކަރަބާޚާގެ މައްސަލައިގައި ދެޤައުމުގެ ދެމެދުގައި ބޮޑު ކުރިމަތި ލުމަކަށް ގޮސްފިއެވެ.

Ads by Sosun Fihaara

އާދީއްތަ ދުވަހު ކުރިޔަށް ދިޔަ މިކުރިމަތި ލުމަށްފަހު އާޒަރުބައިޖާންއިން ބުނެފައި ވަނީ ކަރަބާޚާގެ ހަމަނުޖެހުމުގެ ތެރެއިން ބޮޑު ކާމިޔާބީއެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އާމީނިއާ އިން މިކަން ދޮގުކޮށް ، އާޒަރްބައިޖާންގެ ސިފައިންގެ ދެ ހެލިކޮޕްޓަރާއި ތިން ޑްރޯން ވައްޓާލި ކަމަށާއި އެމީހުން ބަލިކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

މިމައްސަލައިގައި، އާޒަރްބައިޖާންގެ ރައީސް އިލްހާމް އަލިޔޭފް އިއްޔެ ވިދާޅުވީ އެ ސަރަހައްދުގެ ކޮންޓްރޯލް އަލުން ހޯދޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.

ބިމުގެ މައްސަލައިގައި ދުނިޔޭގެ އެންމެ ޒަމާންވީ އެއް ހަމަނުޖެހުން އޮންނަ މި ދެ ގައުމުގެ މެދުގައި ހިނގި ހަމަނުޖެހުމުގައި އިއްޔެ އެކަނި 23 މީހަކު ވަނީ މަރުވެފައެވެ.

ނަގޯނޯ ކަރަބާޚަކީ އަޒަރްބައިޖާނުގެ ބައެއްގެ ގޮތުގައި ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވީ ނަމަވެސް އެ ތަނުގެ ކޮންޓްރޯލް އޮންނަނީ އާމީނިއާ ދަރިކޮޅު މީހުންގެ އަތުގައެވެ. މިދެޤައުމުގެ މައްސަލައިގެ ތެރެއަށް ތުރުކީން ވެސް ވަނީ ވަދެފައެވެ. އަދި މުސްލިމް ދަޢުލަަތަށް ވާގިވެރިވާނެ ކަމުގެ ޔަޤީންކަން ވެސް ތުރުކީން ވަނީ ދީފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!