ޚަބަރު

ސްޓެލްކޯއިން ވަކިކުރި ފަހުމީއަށް ރައީސް އޮފީހުގެ މަގާމެއް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ "ދެން" އަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން / ފޮޓޯ:ދެން އިމޭޖްސް

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރި ހުސައިން ފަހުމީއަށް ރައީސް އޮފީހުގެ ޕޮލިސީ ޑިރެކްޓަރުގެ މަގާމެއް ދީފި އެވެ.

Ads by STELCO

ފަހުމީ އައްޔަންކުރީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ.

ސްޓެލްކޯގައި 27 އަހަރު ވަޒީފާ އަދާކުރެއްވި ފަހުމީއަށް އެ ކުންފުނީގެ އެންމެ މަތީ މަގާމު މި ސަރުކާރުގައި ދިނުމަށް ފަހު ފަހުމީ އެ ކުންފުނިން ވަކިކުރީ އިއްޔެ އެވެ.

ފަހުމީއަށް ރައީސް އޮފީހުގެ މަގާމެއް މި ދިނީ ސްޓެލްކޯއިން ވަކިކުރިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ.

ފަހުމީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރުމުން އެ މަގާމަށް އައްޔަންކުރީ މިފްކޯގެ ކުރީގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!