ޚަބަރު

އެއް މެނޭޖުމަންޓެއްގެ ދަށުން ހިިންގާ ރިސޯޓުތަކުގެ މެދުގައި ދަތުރު ކުރެވޭނެ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އެއް މެނޭޖުމެންޓެއްގެ ދަށުން ހިންގާ ރިސޯޓުތަކުގައި ދަތުރު ކުރެވޭ ގޮތަށް ޓޫރިޒަމް ދާއިރާގެ އެސްއޯޕީ އަށް ބަދަލު ގެނެސްފި އެވެ.

Ads by STELCO

މިގޮތަށް މި ނިންމަށް ބަދަލު ގެނެސްފައިވަނީ ރޭ އާންމު ކުރި އާ ގައިޑްލައިނެއްގައެވެ. މިގައިޑްލައިންގައި ބުނާ ބުނާގޮތުން އެއް މެނޭޖުމެންޓެއްގެ ދަށުން ހިންގާ ރިސޯޓުތަކުގެ މެދުގައި ދަތުުރު ކުރެވޭނީ ދަތުރުކުރާ ދެ ރިސޯޓުން ކުރެ އެއްވެސް ރިސޯޓެއް މޮނީޓަރިންގެ ހާލަތުގައި ނެތް ނަމަ އެވެ.

އެޗްޕީއޭ އިން ބުނެފައިވަނީ، އެއް ރިސޯޓުން އަނެެއް ރިސޯޓަށް ދަތުރު ކުރެވޭ ގޮތަށް ބަދަލު ގެނައީ އެއް މެނޭޖުމެންޓެއްގެ ދަށުން ހިންގާ ދެ ފެސިލިޓީއެއްގެ ދެމެދުގައި ކުރާ ދަތުރުތައް މެނޭޖުކޮށް ކޮންޓެކްޓު ބެލެހެއްޓުމަށް ފަސޭހަވާނެތީއެވެ. އަދި މިނިންމުން މިގޮތަށް ނިންމާފައިވަނީ، އޮކިޔުޕެންސީ އަށް ބަލައި މުވައްޒަފުން މެނޭޖު ކުރުމަށް ވެސް ފަސޭހަވާނެތީ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެއް މެނޭޖުމެންޓުގެ ދަށުން ހިންގާ ރިސޯޓުތަކުގެ މެދުގައި ދަތުރު ކުރުމުގެ ހުއްދަ ދޭން ނިންމާފައި ވީ  ނަމަވެސް ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށަކަށް ދަތުރު ކުރާނަމަ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހޭނެ އެވެ. އަދި ބަލި ފެތުރޭ ރަށަކުން ރިސޯޓަށް ދާ މުވައްޒަފުންންނަށް މަސައްކަތަށް ނިކުމެވޭނީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކޮށްގެންނެވެ.

މީގެ އިތުރުން ގެސްޓްހައުސްތައް އަންނަ މަހު ހުޅުވާލާއިރު، ރިސޯޓުތަކާއި ގެސްޓްހައުސް އޮޕަރޭޓު ކުރާ ރަށްރަށާ މެދު ފަތުރުވެރިންނަށް ވެސް ދަތުުރު ކުރެވޭނެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!