ޚަބަރު

ފަސް ހަފުތާ ތެރޭ ވިޔަފާރިތަކަށް ނުދީ ހުރި ފައިސާ ދައްކައި ނިންމަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ސަރުކާރުން އެކި ވިޔަފާރިތަކަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ނުދައްކާ ހުރި ފައިސާ ފަސް ހަފްތާގެ ތެރޭގައި ދައްކައި ހަލާސްކުރަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާންކުރައްވައިފި އެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ސަރުކާރުން އެކި ވިޔަފާރިތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދު އޮތީ ވަރަށް މަތީގަ އެވެ.

ހާއްސަކޮށް ފެނަކަ ފަދަ ކުންފުނިތަކުން އެކި ވިޔަފާރިތަކަށް ދައްކަން ޖެހޭ ފައިސާ ނުލިބިގެން ވިޔަފާރިވެރިން މުޒާހަރާވެސްކޮށްފައިވާ އިރު ފައިސާ ނުލިބިގެން ބައެއް ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވެސް ދަނީ ލިބެމުން ނެވެ.

ރައީސް މުއިއްޒު މިރޭ އެކްސްގައި ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވި އިރު ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވާ ފައިސާނުދީ ހުރި އެތައްހާސް ބިލުތައް ހިމެނޭހެން، ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ގާނޫނުތަކާއި ގަވައިދުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ، ކުރިޔަށް އޮތް 5 ހަފްތާ ތެރޭ ދައްކާ ނިމޭނެ ކަމަށެވެ.

"ފުން އަނދަވަޅެއްގައި އޭރު އޮތް ދިވެހި އިގުތިސާދު ނަގާ ކޮޅަށްޖެހުމުގައި ކުރެވެމުންދާ މަސަައްކަތުގެ ތެރެއިން މީ ހާސިލު ކުރެވޭ ވަރަށް ބޮޑު ކާމިޔާބިއެއް." ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ދައްކަން ޖެހޭ ފައިސާ ނުލިބިގެން އެކި ވިޔަފާރިތަކުން ކޯޓަށް ވެސް މައްސަލަ ހުށަހަޅާފައިވާ އިރު ބައެއް މައްސަަލަތަކުގައި ފައިސާ ދައްކަން ވެސް ސަރުކާރުގެ މައްޗަށް ހުކުމްވެސްކޮށްފައި ވެއެވެ.

 

Ads by Allied Insurance