އެމްޑީޕީން ސަރުކާރަށް ފަސް ޑިމާންޑެއް ހުށަހަޅައިފި

އެމްޑީޕީން މިރޭ އާޓިފިޝަލް ބީޗުގައި ފެށި ބޮޑު އެއްވުމުގެ ތެރެއިން ސަރުކާރަށް ފަސް ޑިމާންޑެއް ހުށަހަޅައިފި އެވެ.
މިރޭގެ މުޒާހަރާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ވިދާޅުވީ މިރޭ އެ އެއްވުމަށް އައީ ސަކަރާތް ޖަހަން ނޫން ކަމަށެވެ.
އަދި އެ އެއްވުމަަށް އައީ ހޭކަށް ނޫނީ ލަވަޔަށް ނަށަން ވެސް ނޫން ކަމަށެވެ،
"ރުޅި އައިސްގެން ހިތްހަމަ ނުޖެހިގެން މި އައީ." މައުރޫފް ވިދާޅުވި އެވެ.
އަދި މައުރޫފް މިރޭ ވަނީ ފަސް ޑިމާންޑެއްވެސް އޭނާ ހުށަހަޅުއްވައިފަ އެވެ.،
އެގޮތުން ފުރަތަމަ ޑިމާންޑެއްގެ ގޮތުގައި އޭނާ ހުށަހެޅުއްވީ ދައުލަތުގެ ބާރުތައް ހިސާރުކޮށް ހައްގުތައް ނިގުޅައިގަތުމަށް ގާނޫނު އަސާސީއަށް ގެނައި ބަދަލު އަނބުރާ އިޔާދަކުރުމެވެ.
"ވަގުތުން ވަގުތަށް މާދަމާ ޖަލްސާ ބާއްވާފައި" މައުރޫފް ވިދާޅުވި އެވެ.
އޭގެ އިތުރުން ރާއްޖޭގެ މާލީ ސިޔާސަތު ފުނޑާލައި ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ޕްރޮޖެކްޓްތައް ހިންގުމުގެ ނަމުގައި ބަޖެޓު ލޫޓުވުން ހުއްޓުވައި ޕްރައިވެޓް ސެކްޓާއަށް ހުރަސް އެޅުން ހުއްޓާލައި ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ފަސް ހަފްތާ ތެރޭ ދީ ނިންމަންވެސް މައުރޫފް ގޮވާލެއްވި އެވެ.
އަދި ލާމަރުކަޒީ ނިޒާމު އިހު އޮތްގޮތަށް އިޔާދަކޮށް ރަށްރަށުގެ ބާރުވެރިކަން ނިގުޅައިގަތުން ހުއްޓާލަން ވެސް މައުރޫފް ގޮވާލެއްވި އެވެ.
މައުރޫފް ދެން ގޮވާލެއްވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާ ކޮންޓްރޯލްކުރާ ގާނޫނު އުވާލައި އާސަންދައާއި ބޭސް ފަރުވާ އެމްޑީޕީގެ އެންމެފަހުގެ ވެރިކަމުގައި ލިބެމުން އައި މިންވަރަށް ފޯރުކޮިށްދިނުމަށެވެ.
ގާނޫނު އަސާސީ މި ސަރުކާރުން ފުނޑާލައިފައިވާކަން ފާހަގަކުރައްވައި މައުރޫފް އިތުރަށް ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ބާރުވެސް ކަނޑުވާލައިފައިވާ ކަމަށެވެ.
އޭގެ އިތުރުން ދިވެހި ވިޔަފާރިތަކާއި އިގުތިސާދު ފުނޑާލައި މާލީ ނިޒާމު ފުނޑާވެސްލާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
ހަމަ އެހެންމެ ރަނގަޅަށް ހިނގަ ހިނގައި އޮތް ލާމަރުކަޒީ ނިޒާމުވެސް މި ސަރުކާރުން އެކޮޅުކޮޅުން ޖަހާލައި ހިޔުާލުފާޅުކުރުމުގެ މިނިވަންކަމާއި އަދި ނޫސްވެރިކަމަށް ވެސް ހުރަސް އަޅާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
މައުރޫފް ވިދާޅުވީ ދިވެހި ސިފައިންނަށް އޮންނާނީ ދިވެހި ގައުމާއި ރައްޔިތުން ހިމާޔަތްކުރުމަށް ކަމަށެވެ.
