އަރަބި ކަނޑު ހުރަސްކޮށް ދޫންޏެއް އިންޑިއާ އިން ޔަމަނަށް ދަތުރުކޮށްފި

ޢަރަބި ކަނޑު ހުރަސްކޮށް "ކުކޫ" ކިޔާ ދޫންޏެއް އިންޑިއާއިން ޔަމަނަށް ދަތުރުކޮށްފިއެވެ.
ދޫނިތަކުގައި ކުދިކުދި ޓްރާންސްމީޓަރ ހަރުކޮށް ދޫނިތަކުގެ ދިރިއުޅުން ބަލާ ދިރާސާ ކުރާ އިދާރާއެއް ކަމަށްވާ ބާޑިން ބެއިޖިންއިން ހާމަކޮށްފައިވާ ގޮތުގައި އިންޑިއާއިން ޔަމަނަށް ކުކޫ ކުރި ދަތުރުގައި 3500 ކިލޯ މީޓަރު ކަޑައްތު ކޮށްފައި ވަނީ ދެ ދުވަހާއި ބައިގެ މުއްދަތަކުންނެވެ. މިއީ ގަޑިއަކު 50 ކިލޯ މީޓަރު ބާރުމިނުގައި އުދުހުމުން ކަޑައްތު ކުރެވޭނެ ރާސްތާއެކެވެ.
ބާޑިން ބެއިޖިންއިން 2019 އަހަރު ވަނީ ފަސް ކުކޫއެއްގެ ހަށިގަނޑުގައި ޓްރާންސްމީޓަރ ހަރުކޮށްފައެވެ. ޔަމަނަށް ހިޖުރަ ކުރި ކުކޫއަކީ މީގެ ތެރޭގައި ހިމެނޭ ކުކޫ އެކެވެ.
"އޮނޮން" ކިޔާ ދޫންޏެއް ވެސް ވަނީ ތިން ގައުމެއް ގެ ބޯޑަރު ހުރަސްކޮށް ނުވަތަ 5426 ކިލޯ މީޓަރު ކަނޑައްތުކޮށް މިމަހު 24 ގައި ވަނީ އިންޑިއާގެ ރާޖަސްތާނަށް ދަތުރުކޮށްފައެވެ. އަދި ޖެހިގެން އައި ދުވަހު އެ ދޫނި ފެނިފައިވަނީ 2500 ކިލޯ މީޓަރު ކަނޑައްތުކޮށް އަރަބި ކަނޑުގެ މަތީގައި އުދުހެނިކޮށެވެ.
ބޯޑަރު ހުރަސް ކުރީ އެެއްވެސް ހުދަޔަކާނުލާ ކިހާ ސަޅި