ޚަބަރު

މި އިސްކުރަނީ މަގުބޫލު ސިޔާސަތުތަކެއް ނޫން، ރަނގަޅު ސިޔާސަތު: ރައީސް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

މި ސަރުކާރުން ގެންގުޅެނީ ގައުމަށް އެންމެ ފައިދާ ހުރި، ރަނގަޅު ސިޔާސަތުތައް ކަމަށާއި މަގުބޫލު ސިޔާސަތުތަކެއް އިސްނުކުރާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

Ads by MPL

ފުވައްމުލައް ސިޓީއަަށް ވަޑައިގެން މިރޭ ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން ގެންގުޅެފައިވަނީ މަގުބޫލުކަން ހިފެހެއްޓުމަށް އިސްކުރި ސިޔާސަތުތަކެއް ކަމަށެވެ.

ނަމަވެސް މި ސަރުކާރުން ގެންގުޅެނީ ޕޮޕިއުލާ ޕޮލިސީތަކަށް ވުރެ ގައުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަމަށް ރައީސް ވިދާޅުވި އެވެ.

އެ ގޮތުން މިސާލެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ ވޭޕް މަނާކުރުމާއި، ސިނގިރޭޓުގެ ޑިއުޓީ ބޮޑުކޮށް، އަދި 2007ގެ ފަހުގެ ޖީލަށް ދުންފަތް މަނާކުރި ސިޔާސަތެވެ.

ރައީސް ވިދާޅުވީ ސަރުކާރުން މަގުބޫލު ސިޔާސަތުތައް އިސްކުރާ ނަމަ އެ ގޮތަށް އެ ސިޔާސަތުތައް ބައްޓަން ނުކޮށް ކުރީގެ ސަރުކާރުތަކެކޭ އެއް ގޮތަށް ދުންފަތް މި ވަރަށް މަނާ ނުކުރާނެ ކަމަށެވެ. ބައެއް ސިޔާސަތުތަކަށް ބައެއް ފަރާތްތަކުގެ ހިތްހަމަނުޖެހުންތައް އޮތް ނަމަވެސް މިފަދަ ސިޔާސަތުތަކުގެ ސަބަބުން އިގުތިސޯދު ރަނގަޅުވެ ގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Ads by HDC