ވިޔަފާރި

ޓޫރިޒަމް ސިނާއަތުގެ އެނދުގެ އަދަދު 66،000އަށް ވުރެ މައްޗަށް

ފާތިމަތު އަފްނާން ، ދެން އޮންލައިން
މޯލްޑިވިއަންގެ ބޮޑު ބޯޓުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް މަރުހަބާ ކިޔަނީ / ފޮޓޯ:މޯލްޑިވިއަން

ރާއްޖޭގައި ހުރި ޓޫރިސްޓު ހިދުމަތްދޭން ހުރި އެނދުގެ އަދަދު 66،000އަށް ވުރެ މައްޗަށް އަރައިފައިވާ ކަމަށް ހިސާބުތަކުން ދައްކައިފިއެވެ.

Ads by STELCO

ޓޫރިޒަމް މިނިސްޓްރީން ބުނީ މިމަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ހުރި ޓޫރިސްޓު އެނދުގެ އަދަދު ވަނީ 66,030އަށް އަރައިފައެވެ. އެހެންވެ މިއީ މިދިޔަ އަހަރާ އަޅާ ކިޔާނަމަ ގާތްގަނޑަކަށް 1,290 އެެއްހައި އެނދު އިތުރުވުމެކެވެ.

ރާއްޖޭގައި ހުރި އެނދުގެ އަދަދު

ރިސޯޓް - 44,239
ގެސްޓްހައުސް - 16,060
ސަފާރީ - 3,247
ހޮޓެލް -  2,484

ޓޫރިޒަމް ސްޓެޓިސްޓިކްސް ދައްކާ ގޮތުން ރިސޯޓްތަކުގައި 44,239 އެނދު އެބަހުއްޓެވެ. އަދި ގެސްޓްހައުސްތަކުގައި 16,060 އެނދު އެބަހުއްޓެވެ. މި އަހަރުގެ މިހާތަނަށް ބަލާއިރު ރިސޯޓް އަދި މެރީނާގެ ގޮތުގައި 176 ރިސޯޓް ހިންގަމުން ދެއެވެ. އަދި ރާއްޖޭގައި ހުރި ގެސްޓްހައުސްގެ އަދަދު ވަނީ 934އަށް އިތުރުވެފައެވެ. އަދި މިހާރު ރާއްޖޭގައި 164 ސަފާރީ ހިންގަމުންދާ ކަމަށް ދައްކައެވެ. އެނދުގެ އަދަދު އިތުރުވި ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ އެނދުތަކުގެ ބޮޑުބައި ބައެއްގެ ހިއްސާ އޮތީ ރިސޯޓްތަކަށެވެ.

ރާއްޖޭގެ ރިސޯޓްތަކުގައި އެނދުތައް ބެހިފައިވާ ގޮތުން ގިނަ އެނދުތަކެއް ހުރީ މާލެ އަތޮޅުގައެވެ. ޖުމްލަ އެނދުތަކުގެ އެންމެ ބޮޑު ނިސްބަތެއް (ގާތްގަނޑަކަށް %33 އަށްވުރެ ގިނަ) ހިއްސާކުރަނީ މާލެ އަތޮޅުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!