ޒަރިޔަންދާއި ރޮޒޭނާގެ ބޮޑު ކޯޅުންގަނޑެއް، ބޮންޑެ ހުންނެވީ ޒަރިޔަންދު ކޮޅުގައި!
ކޮންޓިންޖެންސީ ބަޖެޓާ ގުޅޭ ގޮތުން ނޭޝަނަލް ޓެންޑަރ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިޔަންދާއި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ޓްވިޓާގައި ދެބަސްވެ، ޒުވާބާކަށް ވެއްޖެއެވެ.
ޒަރިޔަންދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންޓިންޖެންސީއަކީ، އަހަރީ ބަޖެޓްގައިވާ "ކަންކަމުގެ" ތެރެއިން އިތުރަށް ޚަރަދުކުރަންޖެހިދާނޭ ކަމަށް ބަހައްޓާ މިންވަރެއް ކަމަށާއި ބަޖެޓްގައި ނެތް އިމާރާތްކުރުމުގެ ބޮޑެތި މަޝްރޫޢުތަކަށް ކެޕިޓަލް ޚަރަދުކުރުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭނެކަން މަޖްލީހަށް އެނގެންޖެހޭނެ ކަމަށެވެ.
ކޮންޓިންޖެންސީއަކީ، އަހަރީ ބަޖެޓްގައިވާ "ކަންކަމުގެ" ތެރެއިން އިތުރަށް ޚަރަދުކުރަންޖެހިދާނޭ ކަމަށް ބަހައްޓާ މިންވަރެއް، ބަޖެޓްގައި ނެތް އިމާރާތްކުރުމުގެ ބޮޑެތި މަޝްރޫޢުތަކަށް ކެޕިޓަލް ޚަރަދުކުރުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭނެކަން މަޖްލީހަށް އެނގެންޖެހޭނެ.
— Ismail Zariyand (@zariyand) April 9, 2020
ޒަރިޔަންދުގެ މި ވާހަކަ އަށް ރައްދު ދެއްވައި ރޮޒޭނާ ވިދާޅުވީ ކޮންޓިންޖެންސީ ބަޖެޓު ހޭދަ ކުރެވޭނެ ގޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް އެނގިވަޑައިގަންނާނެ ކަމަށެވެ.
"25 އަހަރު މަޖިލީހުގައި އިންނެވިއެވެ. ގާނޫނާ ހިލާފު ކަމެއް ނުކުރައްވާނެ ރައީސް އެއް، ރައްޔިތުންނަށް އޮޅުވާލާ ފިތުނަ އުފެއްދުން ނޫން ބޭނުމެއް މި ވާހަކައަކުން ނުފެނޭ، ރައީސް ގެ މަގްބޫލުކަން މާބޮޑަށް އިތުރުވަނީ ދޯ." ރޮޒެއިނާ ވިދާޅުވިއެވެ.
Contingency budget heydha kureveyne goi Raees @ibusolih ah engivadai gannavaane. 25 aharu majleehuga innevi. Qanoon aa khilaaf kameh nukuravvaane raees eh. Rayyithunnah olhuvaalaa fithuna hedhun noon beynumeh mivaahakain nufeney. Raees ge maqboolukan maabodah ithuruvanee dho. https://t.co/FByBG4BaxY
—