ޚަބަރު

އުކާލާ ތެޔޮ ވިއްކަމުން ދިޔަ ހަތަރު ބިދޭސީންގެ ވިސާ ނެތް، އެކަކު އުޅެނީ ދިވެއްސަކާ އިނދެގެން

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

އުކާލާ ތެޔޮ ވިއްކަމުން ދަނިކޮށް ހައްޔަރުކުރި ގިނަ ބިދޭސީންގެ ވިސާ ނެތްކަމަށް ފުލުހުން ބުނެފިއެވެ.

ރިސޯޓު ފަދަ ތަންތަނުން އުކާލާ ކައްކާ ތެޔޮ ބައެއް ފަރާތްތަކުން މާލެ ގެނެސް ހޮޓާ ފަދަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކުރަން ބޭނުންކުރަމުންދާތާ އެތައް އަހަރެއް ވަނީ ވެފައެވެ.

އެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް ކުރިން އަޅާފައި ނުވި ނަމަވެސް މިދިޔަ ބުދަ ދުވަހުގެ ރޭ ވަނީ ފަސް ބިދޭސީއަކު ހައްޔަރުކޮށްފައެވެ.

އެ މައްސަލައިގައި މުޅިން ވެސް ބަނގުލަދޭޝް މީހުން ހައްޔަރުކުރި އެކަކު ދޫކޮށްލައި ދެން ތިބި ހަތަރު މީހުންގެ ބަންދަށް ވަނީ 10 ދުވަސް ޖަހައިފައެވެ.

ފުލުހުން ބުނީ ޝަރުތުތަކާ ދޫކޮށްލީ ދިވެއްސަކާ އިނދެގެން އުޅޭ ބިދޭސީއަކު ކަމަށާއި އަނެއް ހަތަރު މީހުންގެ ވިސާ ނެތުމުން ފިލާފާނެކަމުގެ ފުރުުސަތު އޮތުމުން އެ މީހުން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ ކަމަށެވެ.

ދިހަ ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ އަލް އަމީން ބޮޔަޓި (37އ) އާއި، ދުލާލް މިއާހް (32އ) އާއި، މޮހަންމަދު ރަސެލް މިއާހް (34އ) އާއި، މަންވަރު ހޮސައިން (45އ) އެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!