ޚަބަރު

ޖަމާއަތުގައި ނަމާދު ނުކުރަން ނިންމާފައިވާ މުއްދަތު މި މަހުގެ 18 އަށް އިތުރު ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ އަދި ރިސޯޓުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރަން ނިންމާފައިވާ ނިންމުން އިތުރު އެއް ހަފުތާ އަށް ދަންމަން އިސްލާމިކް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

Ads by STELCO

އެ މިނިސްޓްރީން ކުރި އިއުލާނެއްގައިވާ ގޮތުން މި މަހުގެ 18 ވާ ހޮނިހިރު ދުވަހުގެ އަސްރު ނަމާދާ ހަމައަށް ޖަމާއަތުގައި ނަމާދު ނުކުރާ ގޮތަށް ވަނީ ނިންމައިފަ އެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން ނިންމާފައިވާ އެ ނިންމުން އިސްލާމިކް މިނިސްޓްރީން އަންނަނީ މިދިޔަ މަހުގެ 18 ން ފެށިގެން ހަފުތާއަކުން ހަފުތާއަކަށް އިތުރު ކުރަމުންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މުއްދަތު އިތުރު ކުރަން ނިންމީ ހާލަތައް ރިއާޔަތް ކޮށް ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު އަދި ހުކުރު ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދަށް ބަންގި ގޮވާނެ ކަމަށެވެ. އަދި މިސްކިތްތައް ހުންނާނީ ހުޅުވާފައި ކަމަށާއި ގަވައިދުން މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރާނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!