ޚަބަރު

މުދާއުފުލާ ދޯންޏެއް އަޑިއަށްދާތީ ފުލުހުން ހަރަކާތްތެރިވަނީ

ފާތިމަތު ރޫހީ ، ދެން އޮންލައިން
ފޮޓޯ: ފުލުހުންގެ ޚިދުމަތް

ވިލިނގިއްޔާއި ވާދޫއާ ދިމާލު ބޭރުން މުދާ އުފުލާ ދޯންޏެއް އަޑިއަށްދާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

Ads by STELCO

ފުލުހުން ބުނީ، "ފެހިލާ" ނަމަކަށް ކިޔާ ދޯންޏެއް އަޑިއަށްދާ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބުނީ ނޮވެމްބަރު 30 ވަނަ ދުވަހުގެ 16:59 އެހާކަންހާއިރު ކަމަށާއި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަމުންދާކަމަށެވެ. އަދި ދޯނީގައި ޖުމްލަ ތިން މީހުން ތިބި ކަމަށާއި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މެރިން ޕޮލިހުން ވަނީ މި ހާދިސާ ހިނގި ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައި ކަމަށާއި މިވަގުތު ދަނީ އެ ދޯނި ކަފު ޖަހައިގެން ގުޅީފަޅަށް ވެއްދުމުގެ މަސައްކަތް ކުރަމުންކަމަށް ފުލުހުން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!