ޚަބަރު

އަނބިމީހާ ރޭޕްކުރި މައްސަލައިގައި ޝާހު ތިން އަހަރަށް ޖަލަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އަނބިމީހާ ރޭޕް ކުރުމުގެ ކުށުގައި ގދ. ތިނަދޫ ، ޖަވާހިރުމާގެ ދެކުނު، އިބްރާހިމް ޝާހު ތިން އަހަރަށް ޖަލަށްލާން ހައި ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

Ads by Sosun Fihaara

މިމައްސަލައިގެ ޙުކުމް އަދި ހައިކޯޓުން އާއްމު ކޮށްފައި ނުވި ނަމަވެސް އޮންލައިން ނޫހެއް ކަމަށްވާ "ވަގުތު" ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޝާހުގެ މައްޗަށް ވަނީ އަނބިމީހާ ރޭޕްކުރި ކަމުގެ ކުށުގައި ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައެވެ.

ކުރީގެ ފިރިމީހާގެ ފަރާތުން އަނިޔާތަކެއް ތަހައްމަލު ކުރި އެރަށު، ތޭންކް ޒިޔާދާ ނައީމަށް ލިބުނު ޖިންސީ އަނިޔާތަކުގައި އޭނާ ވަނީ ނިޔާވެފަ އެވެ.

މިމައްސަލާގައި ޝާހުގެ މައްޗަށް އުފުލާފައިވަނީ ރޭޕްގެ ދައުވާ އާއި އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ އާއި، މީހަކު މަރުވެ ދިޔުމުގެ ފަަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން މީހަކު މަރުވެ ދިޔުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާއެވެ. މިހަތަރު ދައުވާ ވެސް ކްރިމިނަލް ކޯޓުގައި ސާބިތުވެފައެއް ނުވެ އެވެ.

އެހެންކަމުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ވަނީ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން  ހައި ކޯޓުން މިއަދު ނިންމީ ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ ސާބިތުވާ ކަމަށާއި އެހެންވެ، އެ ކުށުގައި ޝާހު ތިން އަހަރަށް ޖަލަށްލުމަށެވެ.

އިތުރު މައްސަލަތަކުގެ ހުކުމް އަދި ހައި ކޯޓުން އިއްވާފައެއްނުވެއެވެ.

މިއީ އަނބިމީހާ ރޭޕް ކުރުމުގެ ކުށް ފިރިއެއްގެ މައްޗަށް ރާއްޖޭގެ ކޯޓަކުން ސާބިތުވި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލަން ޖެހެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!