ޚަބަރު

ޖަޕާނަށް ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަންކޮށްފި

ފާތިމަތު ރޫހީ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް، ގ. ހާފްސީ، އަލްފާޟިލް އަޙްމަދު މަޙްލޫފް މިއަދު ޢައްޔަންކުރައްވައިފިއެވެ.

އަޙްމަދު މަޙްލޫފް ސަފީރުކަމަށް ޢައްޔަންކުރެއްވީ، މިކަމަށް ޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ޖަޕާނަށް ކަނޑައަޅުއްވާ ސަފީރަކަށް މަހުލޫފް އައްޔަންކުރުމާ މެދު ރައްޔިތުންގެ މަޖިލީހުންގެ ރުހުން ހޯއްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވީ މިދިޔަ މަހުގެ 26ވަނަ ދުވަހުގައެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ކޮމިޓީއަށް އެ ދުވަހު ރިޔާސަތުން ފޮނުއްވެވިއެވެ.

މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުންގެ ވޯޓާ އެކު މަހްލޫފް ޖަޕާނުގެ ސަފީރަކަށް އައްޔަންކުރުމަށް 60 މެންބަރަކު ވަނީ ވޯޓުދެއްވައިފައެވެ.