ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ވޭޕް ނައްތާލައިފި
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ވޭޕް ނައްތާލައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ދޫނިދޫގައި މިއަދު ނައްތާލައިފައި ވަނީ 4 ޝީޝާޕަފްއާއި 1 ވޭޕްއާއި 442 ފްލެވާޑް ކާޓްރިޖް ކަމަށެވެ. އަދި މީގެ އިތުރުން 3 ނެނޯސްޓިކް އަދި 1 ކާޓޫނު ސިނގިރޭޓް ވެސް ނައްތާލައިފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން މި ތަކެތި ނައްތާލައިފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މިފަދަ ތަކެތި ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން، އެކަމަށް އެކުލަވައިލައިފައިވާ ކޮމެޓީގެ ބެލުމުގެ ދަށުންކަމަށް ވެސް ފުލުހުން މަޢުލޫމާތުދެއެވެ.
Ads by HDC

