ޚަބަރު

ހުޅުމާލެ ހާފްވޭހައުސް ތެރެއަށް މަސްތުވާތަކެތި އުކި މީހަކު ހައްޔަރުކޮށްފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ކްރިމިނަލް ކޯޓު/ ފޮޓޯ: ދެން

މަސްތުގެ ވަބާއިން މީހުން ސަލާމަތް ކުރުމަށް ހުޅުމާލޭގައި ގާއިމްކޮށްފައިވާ ހާފްވޭހައުސް ތެރެއަށް މަސްތުވާތަކެތި ހުރި އެއްޗެއް އެއްލި މީހަކު ހައްޔަރުކޮށްފިއެވެ.

Ads by STELCO

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ މާލެ، ހ. ސަނީވޭ، މުހައްމަދު އަޒްލީން 44،އެވެ.

އޭނާ ބަންދުގައި ބެހެއްޓުމަށް އިއްޔެ ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވަނީ، ސައިކަލެއްގައި ހާފްވޭހައުސް ކައިރިއަށް އައުމަށް ފަހު، އެތަނުގެ އެތެރެއަށް އެއްޗެއް އެއްލުމަށް ފަހު އެތަނުން ދިޔަ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެންނަކަމަށެވެ.

ނަމަވެސް ކޯޓުގައި އޭނާ ވަނީ އެކަން ދޮގުކޮށްފައެވެ. އެތަނުގައި މަޑުކޮށްލީ އެތާ ހުރި މީހެއް ކައިރީ ކިހިނެއްތޯ އަހައިލުމަށް ކަމަށާއި، އެއަށްފަހު އެތަނުން ގޮސްފައިވާ ކަމަށް އޭނާ ކޯޓުގައި ބުނެފައިވެއެވެ.

ތުހުމަތުތަކަށް އޭނާ އިންކާރު ކުރި ނަމަވެސް، ކޯޓުން ނިންމީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށެވެ. އެހެންކަމުން އޭނާ 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!