ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަނީ
ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ޤާނޫނުއަސާސީގައި ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހި ރާއްޖޭގެ ޤާނޫނުލްޢުގޫބާތަށް އިސްލާޙު ގެނައުމުގެ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފައިވާ ކަމަށެވެ.
ރާއްޖޭގެ ޒުވާނުގެ މެދުގައި ޖުވާ ކުޅޭ އެޕްލިކޭޝަންތަކުން ފައިސާ ހޯދުން ޢާންމުވެފައިވާއިރު، ރާއްޖޭގެ ބޭންކު ވެސް ވަނީ، އެ ބޭންކުގެ ޑިޖިޓަލް ވޮލެޓް ބޭނުންކޮށްގެން އެ ފަދަ އެޕްލިކޭޝަންތައް މެދުވެރިކޮށް ފައިސާ ހޯދާކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެފައެވެ. އަދި އެ ފަދަ އެޕްލިކޭޝަންތައް ބްލޮކު ކުރުމަށް ނިންމައިފައިވާ ކަމަށް ބޭންކުން ބުނެފައިވެއެވެ. ޖުވާ ކުޅުމަކީ އިސްލާމްދީނުގައި ވެސް ޙަރާމް ކުރައްވައިފައިވާ ޢަމަލެކެވެ.

