ޚަބަރު

ބީއެމްއެލް އިން މަސްވެރިންނަށް ހާއްސަ “މަސްވެރިޔާ ޕޯޓަލް” އިފްތިތާހުކޮށްފި

ފާތިމަތު ރޫހީ ، ދެން އޮންލައިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ މަސްވެރިންނަށް ޚާއްސަކޮށްގެން، ފައިނޭންސިންގެ ޚިދުމަތްތަކަށް ފަސޭހަކަމާއެކު އެދެވޭނެ ޑިޖިޓަލް ޕްލެޓްފޯމެއް ކަމަށްވާ 'މަސްވެރިޔާ ޕޯޓަލް' ތައާރަފްކޮށްފިއެވެ.

Ads by STELCO

ބީއެމްއެލް އިން ބުނެފައިވާ ގޮތުގައި، މި ޕޯޓަލް ބޭނުންކޮށްގެން، މަސްވެރިންނަށް އެމީހުންގެ ބޭނުންތަކަށް އެންމެ އެކަށޭނަ ފައިނޭންސިން ސްކީމްތައް ހޯދުމަށް ފަސޭހަވާނެއެވެ. މީގެ ތެރޭގައި މަސްވެރިކަމުގެ އާލާތްތައް ގަތުމާއި، ދޯނިފަހަރު މަރާމާތުކުރުން ފަދަ ކަންކަމަށް ބޭނުންވާ ފައިސާ ހިމެނެއެވެ.

މި ޕޯޓަލްއަކީ ގައުމީ މަސްވެރިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންނަށް، ބޭންކުން ހުށަހަޅާ އިސްލާމިކް ފައިނޭންސިންގެ އުފެއްދުންތަކަށް ފަސޭހަކަމާއެކު އެދެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ތައްޔާރުކުރެވިފައިވާ ޕްލެޓްފޯމެއް ކަމަށާ މަސްވެރިންނަށް ޚާއްސަކޮށްގެން ފަރުމާކުރެވިފައިވާ މި ޕޯޓަލްގެ ސަބަބުން އެމީހުންގެ ވަގުތު ސަލާމަތްކޮށް، ބޭންކުގެ ޚިދުމަތްތަކަށް ޑިޖިޓަލްކޮށް ފަސޭހައިން އެދެވޭނެކަމަށް އެ ބޭންކް އިން ބުނެއެވެ.

މަސްވެރިޔާ ޕޯޓަލް މެދުވެރިކޮށް ކާޑު ޚިދުމަތްތައްވެސް ވަރަށް އަވަހަށް ތައާރަފްކުރުމަށް ހަމަޖެހިފައިވާ ކަމަށް ބޭންކުން ވަނީ ހާމަކޮށްފައެވެ.

 

Ads by Ooredoo