އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުން، މިހާރު އޮންލައިންކޮށް!
ވިޔަފާރިއެއް ކުރާ އިރު އޭގެ ތެރޭގައި ހިމެނޭ ސީދާ އަދި ނުސީދާ ރިސްކުތަކަށް ވެސް ރިޢާޔަތްކުރަންވާނެއެވެ. އަލިފާނުގެ ހާދިސާއެއް ހިނގުމަކީ އެގޮތުން ކުރިމަތިވެދާނެ ރިސްކެކެވެ.
އެކަމަކު އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމަށް ފިޔަވަޅެއް އެޅުމަކީ މިހާރު ވަރަށް ފަސޭހަ ކަމެކެވެ. އެލައިޑް ތަކާފުލްއިން ކުދި ވިޔަފާރިތަކަށް ޚާއްސަކޮށް "ފަޔަރ ތަކާފުލް" އޮންލައިންކޮށް ނެގޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. އެލައިޑްގެ "މައި އެލައިޑް" ޕޯޓާލް މެދުވެރިކޮށް ހިނދުކޮޅެއްގެ ތެރޭގައި ފަޔަރ ތަކާފުލް ޕްލޭނެއް ނެންގެވޭނެއެވެ. ކަރުދާސް ލިޔެކިޔުމެއް، އިންތިޒާމުކުރުމެއް، އަދި އޮފީސް ވިޒިޓެއް ފަދަ ކަމެއް ނެތި ހަމަ އެހާ ވެސް ފަސޭހަކޮށެވެ.
ފަޔަރ ތަކާފުލްއަކީ އަލިފާނާއި، ހޮނުއެޅުމާއި، އެއްޗެއް ގޮވުމާއި، ތޫފާންތަކާއި، ފެންބޮޑުވުމާއި، ވައްކަންކުރުން ފަދަ އެތައް ރިސްކުތަކަކުން ތިމާގެ ވިޔަފާރި ހިންގާ އިމާރާތާއި، ފަރުނީޗަރާއި، ވިޔަފާރީގެ މުދަލާއި އަދި އިކުއިޕްމަންޓް ރައްކާތެރިކޮށްދޭ ޕްލޭނެކެވެ. މީގެ އިތުރުން ވަކި ވިޔަފާރިއަކަށް ޚާއްސަކޮށްގެން މި ޕްލޭން ކަސްޓަމައިޒް ވެސް ކުރެވެއެވެ.
ޕްލޭނު ނަންގަވާ އިރު ޚިޔާރުކުރައްވާ އެކި ކަންކަން ހިމެނޭހެން، މުޅިއަކު ޖުމްލަ 10 މިލިއަން ރުފިޔާއާ ހަމައަށް ފަޔަރ ތަކާފުލްގެ ކަވަރޭޖު ލިބޭނެއެވެ.
އެކި ދިމަދިމާލުގައި މިހާރު ހުޅުވަމުންދާ އަދި ހިންގަމުންދާ ރީތި ފަރުމާތަކުން ފުރިގެންވާ ކެފޭތަކާއި، ފަރި ހެދުން ވިއްކާ ފިހާރަތަކާއި، އަދި ފެންވަރުގެ ޚިދުމަތްދޭ ސެލޮންތަކާއި ޖިމްތައް ވަރަށް ވެސް ހިތްގައިމެވެ. މިއިން ކޮންމެ ތަނެއް ހިންގުމަކީ ބުރަ މަސައްކަތެކެވެ. އަދި ރިސްކުތަކެއް ވެސް ހިމެނޭ އޮޕަރޭޝަނެކެވެ.
އެކަމަށް އެޅެން ހުރި ފިޔަވަޅެއް އެޅުމަކީ ބުއްދިވެރި ގޮތެވެ. އަލިފާނުގެ ހާދިސާތަކަކީ ހަޤީޤަތުގައި ވެސް ހިނގާފާނެ ކަންކަމެވެ. އެހެންކަމުން އިތުބާރާއެކު ވިޔަފާރި ބޮޑުކޮށް ފުޅާކުރުމަށް މަގުފަހިކުރެވޭނީ ފަޔަރ ތަކާފުލް ޕްލޭނެއް ނަގައިގެންކަން ޔަޤީނެވެ. މީގެ ޕްލޭނެއް ނެގުމަކީ މިހާރު މާ ބޮޑަށް ވެސް ފަސޭހަ ކަމެކެވެ. ނުނަގަންވީ ކީއްވެގެން ހެއްޔެވެ؟ "މައި އެލައިޑް" ޕޯޓަލްއިން ފަޔަރ ތަކާފުލްއާ ބެހޭ މަޢުލޫމާތު ބައްލަވާލައްވާ މިކަމާ އަވަހަށް އުޅުއްވާށެވެ.
