ޚަބަރު

ޑރ.ޢިޔާޟް މައުމޫނަށް: ސަފު ހަދާނެ ގޮތް ވަނީ ސުންނަތުގައި ބަޔާންކޮށްފައި، އެކަން ބަދަލު ކުރުމުގެ ބާރެއް އެކަކަށް ވެސް ނެތް

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އާބާތުރަ ފިލުވުމަށްޓަކައި ބަންދުކުރި މާލޭ ހުކުރު މިސްކިތް އިއްޔެ އަލުން ހުޅުވުމުގެ ކުރިން ރައީސް މައުމޫން ޢަބުދުލްޤައްޔޫމް ކުރެއްވި ޓްވީޓަކާ ގުޅިގެން ދީނީ ޢިލްމްވެރިޔާ ޑރ.މުޙައްމަދު ޢިޔާޟް ޢަބުދުއްލަތީފް ރައްދު ދެއްވައިފިއެވެ.

Ads by MWSC

ރައީސް މައުމޫން އިއްޔެ ކުރެއްވި ޓްވީޓްގައި ވިދާޅުވީ އާބާތުރަ ފިލުވުމަށް ފަހު މާލޭ ހުކުރު މިސްކިތް ހުޅުވާތީ އުފާކޮށް މާތް ﷲ އަށް ޙަމްދު ކުރައްވާ ކަމަށާއި މިދުވަސްކޮޅު ޖަމާޢަތުގައި ސަފު ހައްދަވާއިރު ގައިދުރުކުރުމުގެ އުސޫލު ހަނދުމަފުޅު ބެހެއްޓެވުން ވަރަށް މުހިންމު ކަމަށެވެ.

މި ޓްވީޓަށް ރައްދު ދެއްވާ ޑރ.ޢިޔާޟް ވިދާޅުވީ ނަމާދުގައި ސަފު ހަދަންވީ ގޮތް ސުންނަތުގައި ބަޔާންކޮށްފައިވާ ކަމަށާއި އެކަމަށް އެއްވެސް މީހަކަށް ބަދަލު ނުގެނެވޭނެ ކަމަށެވެ.

" ނަމާދުގައި ސަފު ހަދަންވީ ގޮތް ސުންނަތުގައި ވަނީ ވަރަށް ސާފުކޮށް ބަޔާން ކުރައްވާފައި، އެއީ ފަޔާއި ފައި ، އަދި ކޮނޑާއި ކޮނޑު ޖެހޭގޮތަށް ގާތުގައި ތިބުން ، ސުންނަތުގައި ވާގޮތަށް ބަދަލު ގެނައުމުގެ ބާރު އެއްވެސް މަޚުލޫގަކަށް ލިބިގެން ނުވޭ"ޢިޔާޟް ވިދާޅުވެފައި ވެއެވެ.

މި ބަޙުޘްގެ ތެރެއަށް އިލެކްޝަން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަޙުމަދު ފަޔާޒް ޙަސަން ވެސް ވަނީ ވަދެވަޑައިގެންފައެވެ. އެގޮތުން ފަޔާއި ފައި ޖައްސާ ސަފު ހެދުމަށް މަލާމާތް ރައްދުވާ މޭރުމަކުން އެމަނިކުފާނު ވަނީ ބަސްފުޅު ވިދާޅުވެފައެވެ.

"ސަފު ކިހިނެއްތޯ ގައިދުރު ކުރާނީ ދެފަރާތުން ދެމީހުން އަޅުގެ ފައިތިލަ ހިސޯރު ކުރީމާ" ހިނިގަނޑެއްގެ އިމޯޖީއަކާއެކު އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

 

  1. ޓުކުރި

    ނަބަވީ ސުންނަތަކީ ނަފީ ކުރެވޭނެ ކަމެއްނޫން. ހާލަތާއި ގުޅޭ ރައުޔު ނެރުމުގެ ހުއްދަ އިސްލާމީ ޝަރީއާގައި އިލްމުވެރިންނަށްލިބިގެންވޭ. މައުމޫންއަކީ ދީނީ އިލްމުވެރިއެއް. އެހެންކަމުން މިހާލަތުގައި ސައުދީގައި ވެސް ކަންތައްކުރަނީ މިއުސޫލުން. ޢިޔާޒު އަކީ ޖެއްސެވި ފިލިމަތީ އިންނައިލްމުވެރިއެއް އޭނަ އަކީ ޒަމާނީ ފޯނުގެންގުޅެ ސައިކަލްވެސް ދުއްވާނެ މީހެއްނޫން

    • ކަލޯ

      މައުމޫނަކީ ދީނީ އިލްމްވެރިއެއްތޯ ނޫނީ ފަލަކީ އިލްމްވެރިއެއްތޯ؟ ނޭނގޭތީ އަހާލީ

    • އައިޝާ

      މިސްކިތުގެެ ކަންކަންް ހުކުރަށްް ވެސްް ނާރާާ، މައުމޫނުު ކީމަަ ހަޑިި ގޮތެއްް ހުރޭ

    • ޙުސެއިން

      ދެން ކޮންވަސީލަތަކުންބާ ޓުވީޓް ކުރައްވަނީ

    • އމ އދރ

      މައުމޫނަކީީ ދީނީީ އިލްމުވެރިޔެއްް ނޫން.
      ނަމަވެސްް ކޮންމެވެސްް ވަރަކަަށްް ދީނީީ އިލްމުު ނޭނގޭނެއެކޭޭ ނޫންް.
      ދީނީީ ކަންކަމުގައިި ރައުޔުު ނެރެވޭޭ ވަރުގެެ ސަނަދެއްް ސެޓްފިކެޓެއްް އޮތިއްޔާާ މައުމޫނުު ދައްކާލާާ، އޭރަށްް އޯކޭޭ.

    • ދިރާސާ

      އިސްލާމްދީނަކީ ހަރާމް ކަމަކަށް ނުވާ ކަންކަމުގާ ހާލަތުގެ މައްޗަށް ފެތޭ ގޮތް ހުއްދަ ކަން ކަށަވަރުކޮށްދޭ ދީން

    • ހޭބަލި

      ސައުދީ އިން ކަލޭ ކައިރި ސައްވީސް ގަޑި އިރު ގުދަށް އޮށްނާށޭ ބުންޏަސް އޮންނާނަން ދޯ

  2. ވަހީދު

    އިލްމާއި އެކު ބުއްްދި ދެއްވީ ކަމަކު. އެހެންނޫންނަމަ ހަމައެކަނި އިލްމުން ފުދޭނެ ޑރ އިޔާޒު.

  3. މުފްތީ

    އިޔާޟްް އެވެެ. ތިޔަބޭފުޅާއަށްް ވުރެެ ޢިލްމީީ ގޮތުންް ފުންނާބުު އުސްް، ތިޔަބޭފުޅާާ އަށްް ކިޔަވައިދެއްވިި ޢިލްމުވެރިންް ތިއްބެވިި ސަޢުދީގައިވެސްް ސަފުު ހަދަނީީ ގައިި ދުރުކޮންނެވެެ. އަލަށްް އަންނަަ ޙާލަތްތަކުގައިި އެެ ޙާލަތަކާއިި ގުޅޭގޮތުންް ޢިލްމުވެރިންް އިޖްތިހާދުު ކުރައްވައިި އެކަމަކަށްް ރައުޔުު ނެރުއްވުމަކީީ އިސްލާމްދީނުގައިި ކަންކުރާާ އުޞޫލެވެެ.

  4. ރޯނުއެދުރު

    ޢިސްލާމް ދީނާމެދު މީސްތަކުންގެ މެދުގައި ނަފުރަތު އުފެދޭގޮތަށް އިލްމުވެރިން ވާހަކަ ނުދެއްކުމަށް ގޮވާލަން.

    • މުގުރު

      الاستاذމައުމޫން عبدالقيوم އަކީعلم ވެރިހުނަރުވެރިشرعيހަމަތަކާއި اصولއެގިހުންނެވި علمވެރިބޭފުޅެއް މަމީعلمވެރިއެކޭކިޔައިހުއްމާނާރާނެ.

  5. ބޭބެ

    ޢިލްމު ހުއްޓަސް ޙިލްމު ނެތަމަ ދާނީ މަގުން ކަސިޔާރު ވެގެން ނަމާދަކީވެސް ވަކިގި ގޮތަކަށް ކުރަން، ކަނޑައެޅި ނިމިފައިވަަކަމެހ އެކަމަކު ހަނގުރާމައިގެ ދަނޑިވަޅުގައި ޚައުފުނަމާދު ަދި ބަލިޙާލުގައި އިށީދެ ނުވަތަ އޮށޯވެ އޮވެގެން
    ވެސް،ކުރޭ