ޤަވައިދާ ޚިލާފަށް ހިންގަމުންދިޔަ ފަސް ވިޔަފާރިއެއް އިއްޔެ ވެސް ބަންދުކޮށްފި
ޤަވާއިދާ ޚިލާފަށް މާލޭގައި ހިންގަމުން ދިޔަ 17 ތަނެއް ބަލާ ފާސްކޮށް ފަސް ވިޔަފާރިއެއް އިއްޔެ ވެސް ބަންދުކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް، މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، މާލޭގައި ހިންގަމުން ދިޔަ 17 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަންގައި ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.
ދިވެހިރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރަމުންގެންދާ ކަމުގެ ޝަކުވާތައް އަބަދުވެސް ލިބެމުންދާ ކަމަށް ސަރުކާރުގެ އިދާރާތަކުންނާއި އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މި ކަންކަން ބަލައި ޙައްލުކުރުމަށް "ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް"ގެ ނަމުގައި ޚާއްސަ ޓާސްކްފޯހެއް ވަނީ އެކުލަވައިލައިފައެވެ.

