ޚަބަރު

ލަންކާ އިން 8 ޓަނުގެ މުދާ ރާއްޖެ ގެނެސްފި

ދެން އެމްވީ

މޯލްޑިވިއަން އިން ސްރީލަންކާ އިން އަށް ޓަނުގެ މުދާ ރާއްޖެ ގެނެސްފިއެވެ.

މޯލްޑިވިއަނުން ބުނީ 8227.50 ކިލޯގެ ކާގޯ ހިފައިގެން އެ އެއާލައިނުގެ ފުލައިޓު މިރޭ ރާއްޖެ އައިސްފައިވާ ކަމަށެވެ. މި ތަކެތި ރާއްޖެ ގެނެސްފައިވަނީ މޯލްޑިވިއަންގެ އެއާބަސް ފްލައިޓުގައެވެ.

މިއީ މޯލްޑިވިއަން އިން ލަންކާ އިން ކާގޯ ގެނައި ތިންވަނަ ފަހަރެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކުރާ ގައުމުތައް މި ދުވަސްވަރު ލޮކްޑައުންގެ ހާލަތަށް ގެނެސްފައިވުމުން ވައިގެ ދަތުރުފަތުރުކުރުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މޯލްޑިވިއަން އިން އަންނަނީ އެކި ގައުމުތަކަށް ކާގޯ ފްލައިޓުތަކެއް ބާއްވަމުންނެވެ.

މޯލްޑިވިއަނުން ބުނީ ކާގޯ ފްލައިޓުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާ، ސްރީލަންކާ، ތައިލެންޑްގެ އިތުރުން ޔޫއޭއީއަށް ކަމަށެވެ.

މީގެއިތުރުން މޯލްޑިވިއަން އިން ވަނީ ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމަށް ޗާޓަރު ފްލައިޓުތަކެއް ވެސް ބާއްވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!