ޚަބަރު

މާލީ ދާއިރާ ތަރައްޤީކުރުމުގެ އައު މަޝްރޫޢުތަކެއް ރައީސް އިފްތިތާޙުކޮށްދެއްވައިފި

ފާތިމަތު ރޫހީ ، ދެން އޮންލައިން

ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ފުޅާކޮށް ތަރައްޤީކުރުމަށް ޓަކައި އެކުލަވައިލައިފައިވާ މުހިންމު ސްޓްރެޓެޖީތަކެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އިފްތިތާޙުކޮށްދެއްވައިފިއެވެ.

Ads by STELCO

ބާސެލޯ ނަސަންދުރާގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސް ވަނީ ނޭޝަނަލް ފައިނޭންޝިއަލް އިންކްލޫސިވް ސްޓްރެޓެޖީއާއި ނޭޝަނަލް ސަސްޓޭނަބަލް ފައިނޭންސް ރޯޑްމެޕް އިފްތިތާޙުކޮށްދެއްވައިފައެވެ.

މި ސްޓްރެޓެޖީތަކުގެ މައިގަނޑު މަޤުޞަދަކީ މާލީ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގު ފަހިކުރުމާއި، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި މަޝްރޫޢުތަކަށް މާލީ ނިޒާމުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، ރާއްޖޭގެ ޕޭމަންޓް ނިޒާމު ހަރުދަނާކުރުމަށް ޓަކައި އެމް.އެމް.އޭއިން އުފެއްދި "ޕޭމަންޓް މޯލްޑިވްސް" ކުންފުނި ވެސް މި ރަސްމިއްޔާތުގައި ވަނީ އިފްތިތާޙުކޮށްފައެވެ. މިކުންފުނި އިފްތިތާޙްކޮށްދެއްވީ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުކަޒީ ބޭންކަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި ފަސް ފަރާތެއްގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ވެސް ޙަވާލުކޮށްދެއްވައިފައެވެ.