ޚަބަރު

މާރިޗް މަހު ދައުލަތަށް ލިބުނު އާމްދަނީ 26.9 ޕަސެންޓް ދަށަށް

ދެން އެމްވީ ، ދެން އޮންލައިން

މިދިޔަ މަހު މީރާ އަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މަރިޗު މަހާ އަޅާބަލާއިރު 26.9 ޕަސެންޓް ދަށްވެއްޖެއެވެ.

Ads by MWSC

މީރާ އިން ބުނީ މަރިޗު މަހު އާމްދަނީ ދަށްވީ ފަތުރުވެރިން އައި މިންވަރު މަދުވުމާއި، ޓޫރިޒަމް ބިންތަކުން ދައްކާ ކުލީގެ ޑެޑްލައިން އެކްސްޓެންޑު ކުރުމުން ކަމަށެވެ.

އެގޮތުން މީރާ އިން އާންމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މާޗުމަހު މީރާ އަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.11 ބިލިއަން ރުފިޔާ އެވެ. މި މުއްދަތުގައި ޑޮލަރުން ލިބުނު އާމްދަނީ އަކީ 49.2 މިލިއަން ކަމަށް މީރާ އިން ބުންޏެވެ.

މި މުއްދަތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީ އިންނެވެ. މާޗުމަހު ލިބުނު އާމްދަނީގެ 57 ޕަސެންޓަކީ ޖީއެސްޓީ އިން ލިބުނު އާމްދަނީ އެވެ. ޖީއެސްޓީ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 637.67 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 94.44 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

އާމްދަނީގެ 12 ޕަސެންޓް ހިއްސާ ކުރަނީ ބީޕީޓީ އިން ލިބުނު އާމްދަނީއެވެ. ބީޕީޓީ އިން 81.38 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނު އިރު މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 56.69 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

މި މުއްދަތުގައި ޓޫރިޒަމް ލޭންޑް ރެންޓުން ލިބުނު އާމްދަނީ އަކީވެސް ޖުމްލަ އާމްދަނީގެ 12 ޕަސެންޓެވެ.

މީރާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މާޗު މަހު ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 74.04 މިލިއަން ރުފިޔާ އެވެ. އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 59.17 މިލިއަން ރުފިޔާ ލިބުނުއިރު، އެއާޕޯޓު ސާވިސްޗާޖުގެ ގޮތުގައި 58.96 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!