ޚަބަރު

އެކަނިވެރި މައިންނާއި ބަފައިންގެ އިނާޔަތް 12,000ރ އާ ހަމައަށް ދޭ ގޮތަށް ބަދަލުކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ސްކޫލު ދަރިވަރުން

އެކަނިވެރި މައިންނާއި ބަފައިންނަށް ކޮންމެ މަހަކު ދޭ އިނާޔަތް 15,000 ރުފިޔާއާ ހަމައަށް އިއްޔެ ބޮޑުކުރުމަށް ފަހު މިއަދު އެ އަދަދު 12,000 ރުފިޔާއާ ހަމައަށް ދޭ ގޮތަށް ބަދަލުކޮށްފިއެވެ.

Ads by STELCO

އެންސްޕާގެ އެ ގަވާއިދު އިއްޔެ ބަދަލުކޮށް ގެޒެޓްކުރި ގަވާއިދުގައިވާ ގޮތުން ހަތަރު ދަރިންނާ ހަމައަށް ކޮންމެ ދަރިއަކަށް 3,000 ރުފިޔާ ދޭނެއެވެ. ދެން އިތުރުވާ ކޮންމެ ދަރިއަކަށް 1,000 ރުފިޔާއެވެ. އެންމެ ބޮޑު އަދަދަކަށް 15,000 ރުފިޔާ އެވެ. ބޮޑު އަދަދު ލިބޭނީ ހަތް ދަރިން ނުވަތަ އެއަށް ވުރެ ގިނަ ދަރިން ތިބި ނަމަ އެވެ.

އެއް ދުވަސް ވެސް ނުވަނީސް މިއަދު ގެޒެޓްކުރި ގަވާއިދުގައި ވަނީ ފުރަތަމަ ހަތަރު ދަރިންނާ ހަމައަށް ކޮންމެ ދަރިއަކަށް 3,000 ރުފިޔާއެވެ. ދެން އޮތް ބައި އުނިކޮށް ބަދަލުކޮށްފައި ވަނީ އެންމެ ބޮޑު އަދަދަކަށް 12,000 ރުފިޔާ ކަމަށެވެ.

މިހާރު އުސޫލު ބަދަލުކޮށްފައި ވަނީ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެފައިވާ ގޮތަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!