ޚަބަރު

ލައިސަންސް ނުނަގައި މިލިއަނުން ވިޔަފާރިކުރި ބިދޭސީއަކު ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން / ފޮޓޯ:ދެން އިމޭޖްސް

ލައިސަންސް ނުނަގައި މިލިއަނުން ވިޔަފާރިކުރި ބިދޭސީއަކު ހައްުޔަރުކޮށްފިއެވެ.

Ads by STELCO

ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ބަނގުލަދޭޝްއަށް ނިސްބަތްވާ ކަޒި ރައިހާން(21 އަހަރު) އެވެ.

ބަންދު އަމުރުގައިވާގޮތުން ރައިހާން ވިޔަފާރިކުރީ އިތުރު ބަޔަކާ ބައިވެރިވެގެންކަމަށް ބެލެވޭ ކަމަށް ބުނެފައި ވެއެވެ. އެގޮތުން އެ މައްސަލައާ ގުޅޭ އިންޓެލިޖެންސް ރިޕޯޓުގައި ހިމެނެ މީހުންގެ ބޭންކު އެކައުންޓު މެދުވެރިކޮށް މިލިއަނުން ފައިސާގެ މުއާމަލާތް ހިންގާފައިވާކަމަށް ބެލެވޭކަމަށް ވެސް ބަންދު އަމުރުގައި ބުނެފައި ވެއެވެ.

އެ މައްސަލައާ ގުޅިގެން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ބުނެ ރައިހާން 15 ދުވަހަށް ބަންދުކުރަން ވެސް ވަނީ އަމުރުކޮށްފައެވެ.

ބިދޭސީން ދިވެހީންގެ ނަން މަތީގައި ހިންގަމުންދާ ވަގު ވިޔަފާރި ހުއްޓުވުމަށް އިކޮނޮމިކް މިނިސްޓްރީން މިހާރު ދަނީ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!